އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ އަވަށްތަކުގެ ނެރުބައްތި އާއި ހާހަލުގައި ބައްތިޖެހުމުގެ މަސައްކަތް

16 އެޕްރީލް 2017     7 years ago


އައްޑޫސިޓީގެ އަވަށްތަކުގެ ނެރުބައްތި އާއި ހާހަލުގައި ބައްތިޖެހުމުގެ މަސައްކަތް

 

އައްޑޫސިޓީގެ އަވަށްތަކުގައި ނެރުބައްތި އައި ހާހަލުގައި ބައްތިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 24 އެޕްރީލް 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލް އަށްވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 

16 ރަޖަބު 1438

13 އެޕްރީލް 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/60

ޕަބްލިޝް ކުރި ތާރީޚް: 16-04-2017

ސުންގަޑި: 2017-04-18 13:00:00