އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ބޭނުންވެއްޖެ

17 އެޕްރީލް 2017     7 years ago


އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިއިދާރާއަށް ތިރީގައިމިވާ ތަކެތި ގަންނަން ބޭނުންވާތީ ކުރެވުނު ނަންބަރު: (IUL)426-AA/426/2017/50 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ،އެ އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މުދާ އާންމުކޮށް ވިއްކައިހަދާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.

  • 08 ޑޮކިއުމަންޓް ސްކޭނަރ
  • 03 A4 އިންކްޖެޓް ޕްރިންޓަރ
  • 01 ޑެސްކްޓޮޕް ކޮމްޕިއުޓަރ ސިސްޓަމް
  • 2 ލޭޒަރ ޕްރިންޓަރ
  • 17 ޑެސްކްޓޮޕް މޮނިޓަރ
  • 01 ލެޕްޓޮޕް

ވީމާ މިތަކެތި ވިއްކެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 26 އެޕްރީލް 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުމުގެ ސެޝަންގައި ވެސް ބައިވެރިނުވެވޭނެއެވެ. 

19 ރަޖަބް 1438

16 އެޕްރީލް 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/62

ޕަބްލިޝް ކުރި ތާރީޚް: 17-04-2017

ސުންގަޑި: 2017-04-20 11:00:00