އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫގެ ދިގުމުއްދަތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކާއި ޙާއްޞަ ބަލިތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

4 އޮކްޓޯބަރ 2020     3 years ago


އިޢުލާން

ދިގުމުއްދަތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކާއި ޙާއްޞަ ބަލިތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީތައް ހިންގަމުން ގެންދަނީ އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއްގެ ގޮތުގައެވެ. އަދި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އެކުންފުނީގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރުމަށް ނިންމަވާފައިވާ އެއްމަސައްކަތަކީ ދިގު މުއްދަތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށާއި ޚާއްޞަ ބަލިތަކުގެ ބޭސް ބޭނުންވާ ފަރާތްތަކަށް އެރަށަކުން ބޭސް ލިބޭނެގޮތް ހަމަޖައްސައި ދިނުމުގެ މަސައްކަތްކަމުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ނަންބަރު: 221-CCS/2020/253 ސިޓީ އިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ވަނީ އަންގަވާފައެވެ.

މިގޮތުން އެފަދަ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލައި އެފަރާތްތަކަށް ބޭނުންވާ ބޭސް ފަސޭހައިން ކޮންމެ އަވަށެއްގެ ހުންނަ އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖެއްސުމަކީ މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް ކަމުގައިވެސް މަޢުލޫމާތު ދެއްވާފައިވެއެވެ.

ވީމާ، މިއަވަށުގައި ދިރިއުޅޭ ދިގުމުއްދަތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކާއި އަދި ޚާއްޞަ ބަލިތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމަށްޓަކައި، އެފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު 2020 އޮކްޓޫބަރ 12 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 6894728 އަށް ގުޅުއްވައިގެން ނުވަތަ މިއޮފީހުގެ އީމެއިލް އެޑްރެސް، [email protected] އަށް މެއިލް ކުރައްވައިގެން ހިއްސާކޮށްދެއްވުން އެދިދެންނެވީމެވެ.

  1. ފުރިހަމަ ނަން
  2. ދާއިމީ އެޑްރެސް
  3. އައި.ޑީ ކާޑު ނަންބަރު
  4. ބަލީގެ ބާވަތް
  5. ބައްޔާއި ގުޅިގެން ބޭނުންކުރުމަށް ޑޮކްޓަރ އިރުޝާދު ދެއްވާފައިވާ ބޭހުގެ ނަން
  6. ގުޅޭނެ ފޯނު ނަންބަރު

14 ޞަފަރު 1442

01 އޮކްޓޫބަރ 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6B/426/2020/300

ޕަބްލިޝް ކުރި ތާރީޚް: 04-10-2020

ސުންގަޑި: 2020-10-12 14:00:00