އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށުން ދޫކުރާ 30 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުން

8 އޮކްޓޯބަރ 2020     3 years ago


އިޢުލާން

 

އައްޑޫ ސިޓީގެ މަރަދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 30 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމް ތައް އިވެލުއޭޓް ކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓް ޢާއްމުކުރުން.

 

އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަމްބަރ (IUL)426-AB/426/2019/264 (29 ޖުލައި 2019) އިޢުލާން އާއި ގުޅިގެން އައްޑޫސިޓީގެ މަރަދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 30 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓް ޢާއްމުކުރުމަށް، 29 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވުނު އައްޑޫސިޓީ ކައުންސިލްގެ 2020ވަނަ އަހަރުގެ 24ވަނަ ޖަލްސާގެ ނިންމުންނަމްބަރ: 426-BR(3)/2020/99 ގައި ނިންމާފައިވާތީ މި ލިސްޓް ޢާއްމުކޮށް އިޢުލާން ކުރީމެވެ.

މިލިސްޓަށް ޝަކުވާ ހުށަހަޅަން  ބޭނުންވާ ފަރާތެއް ވާނަމަ ، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 25 އޮކްޓޯބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މަރަދޫ އަވަށު އޮފީހަށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ތިރީގައި މިދަންނަވާ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ޝަކުވާ ފޯމް ތައްވެސް ބަލައިގަނެވޭނެއެވެ.

ޝަކުވާ ހުށަހަޅާ ފޯމް މި އިދާރާގެ (www.adducity.gov.mv) ވެބް ސައިޓް އިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.އަދި މި ފޯމް،އައްޑޫސިޓީ މަރަދޫ އަވަށު އޮފީހުންވެސް ލިބެން ހުންނާނެއެވެ.

އީމެއިލް އެޑްރެސް:[email protected]

މަރަދޫން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް

މަރަދޫން ދޫކުރާ 30 ބަންޑާރަ ގޯތީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމު

21   ޞަފަރު   1442

08  އޮކްޓޯބަރ  2020                                          



ބާވަތް: އިއުލާން

ނަންބަރ: (IUL)426-3B/426/2020/304

ޕަބްލިޝް ކުރި ތާރީޚް: 08-10-2020

ސުންގަޑި: 2020-10-25 13:00:00