އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ފުއްޓަރު ފަރާތު ފަންނުތަކަށް އެރި އަރާނެ ފައްތަރުތައް ހެދުމަށް

25 އެޕްރީލް 2017     6 years ago


އަންދާސީހިސާބު ބޭނުންވެއްޖެ

 

ހިތަދޫ ފުއްޓަރު ފަރާތު ފަންނުތައް އޮންނަ ގޮތުން އެ ފަންނުތަކަށް އެރި އަރަން އުނދަގުވާތީ ކޮންމެ ފަންނަކަށް އެރި އަރާނެ ފައްތަރެއް މި އިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް ހަދަން ބޭނުންވެއެވެ. މިކަން މި ގޮތަށް ހަމަޖައްސަނީ ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން އެ ސަރަހައްދުން މޫދަށް އެރިއުޅުމަށް ފަސޭހަކުރުމުގެ ގޮތުންނެވެ.   

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 މޭ 02 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މޭ 10 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.            

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

28 ރަޖަބް 1438 

25 އޭޕްރީލް 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/66

ޕަބްލިޝް ކުރި ތާރީޚް: 25-04-2017

ސުންގަޑި: 2017-05-02 11:00:00