އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. ހުޅުމީދޫ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

30 ނޮވެމްބަރ 2020     3 years ago


ބީލަން ހުށަހެޅުމުގެ ދައުވަތު

 

  1. މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން ސ.ހުޅުމީދޫ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: (IUL)426-AA/426/2020/145  އިޢުލާން ބާޠިލުކޮށް މިމސައްކަތަށް އަލުން ބީލަމަށް ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރީގައި ބީލަން ހުށަހެޅި ފަރާތްތަކަށް މިއިޢުލާންގެ ދަށުން ބީލަމުގައި ބައިވެރިވުމަށް އަލުން ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންނުޖެހޭނެއެވެ.
  2. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގ ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.
  3. ބީލަމުގައި ބައިވެރިވުމަށް 500/- ( ފަސްސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2020 ނޮވެމްބަރު 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 ޑިސެމްބަރު 09 ވާ ބުދަ ދުވަހުގެ މެންދުރު 14:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއިންނެވެ. މި ދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރެވިދާނެއެވެ. 
  4. މިމަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 2020 ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި މިއިދާރާގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާގެ ވެބްސައިޓް http://www.adducity.gov.mv މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1500.00 ( ފަނަރަސަތޭކަ   ރުފިޔާ ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 148 ދުވަހެވެ.
  6. ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
  7. މި ޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 ނޮވެމްބަރު 30 ވާ ހޯމަ ދުވަހުން ފެށިގެން 2020 ޑިސެމްބަރު 13 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ.
  8.  ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 ޑިސެމްބަރު 16 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :   [email protected] 

 

29 ނޮވެމްބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2020/373

ޕަބްލިޝް ކުރި ތާރީޚް: 30-11-2020

ސުންގަޑި: 2020-12-16 13:00:00