އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް19 އާއި ގުޅިގެން ހިލޭއެހީގެ ތެރެއިން ލިބިފައިވާ މާސްކް ބެހުމާއި ގުޅޭ

6 ޑިސެމްބަރ 2020     3 years ago


އިޢުލާން

 

ކޮވިޑް19 އާއި ގުޅިގެން ހިލޭއެހީގެ ތެރެއިން ލިބިފައިވާ މާސްކް ބެހުމާއި ގުޅޭ:

 

ކޮވިޑް19 ގެ ޙާލަތާއިގުޅިގެން ރާއްޖެއިން ބޭރުން (ތެމަސެކް ފައުންޑޭޝަން، ސިންގަޕޯރ)، ދިވެހި ސަރުކާރަށް ލިބިފައިވާ ހިލޭއެހީގެ ތެރެއިން އައްޑޫސިޓީ ހިތަދޫ އަވަށުގެ ގެތަކަށް ބެހުމަށް 5358 ޕެކް ރީޔޫސެބަލް މާސްކް ވަނީ ލިބިފައެވެ. މި މާސްކްތައް ބެހުމަށް ހަމަޖެހިފައިވަނީ މާސްކް ހުސްވަންދެން އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް، ގެއަކަށް 1 ޕެކް (2 މާސްކް) ގެ އުސޫލުން 07 ޑިސެމްބަރު 2020 (ހޯމަ) އިން 17 ޑިސެމްބަރު 2020 (ބުރާސްފަތި) ގެ ނިޔަލަށް، ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ހިތަދޫ އަވަށު އޮފީހުން ކަމަށް ދަންނަވަމެވެ.

ވީމާ މަތީގައި ދަންނަވާފައިވާ ގަޑިތަކުގައި މާސްކާއި ހަވާލުވުމަށް އައިޑީ ކާޑު ހިއްޕަވައިގެން ހިތަދޫ އަވަށު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.  

21 ރަބީޢުލްއާޚިރު 1442

06 ޑިސެމްބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2020/385

ޕަބްލިޝް ކުރި ތާރީޚް: 06-12-2020

ސުންގަޑި: 2020-12-17 13:00:00