އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން ބޭރުން ދިވެހި ސަރުކާރަށް އެހީގެގޮތުގައި ލިބުނު ކާޑު ބެހުމާއި ގުޅޭ

6 ޑިސެމްބަރ 2020     3 years ago


އިޢުލާން

 

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން ބޭރުން ދިވެހި ސަރުކާރަށް އެހީގެގޮތުގައި ލިބުނު ކާޑު ބެހުމާއި ގުޅޭ:

 

ކޮވިޑް19 ގެ ޙާލަތާއި ގުޅިގެން ރާއްޖެއިން ބޭރުން ދިވެހި ސަރުކާރަށް ލިބިފައިވާ އެހީގެ ތެރެއިން އައްޑޫސިޓީގެ ހިތަދޫ އަވަށަށް ބެހުމަށް ލިބިފައިވާ 192 ބަސްތާ ހަނޑޫ އަދި 63 ބަސްތާ ހަކުރުގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް އަދި ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދަފްތަރަށް ބެހުމަށްފަހު ބާކީވި 822 ކިލޯ ހަނޑޫ އަދި 401 ކިލޯ ހަކުރު ހުސްވަންދެން، ގެއަކަށް 13 ކިލޯ ހަނޑޫ އަދި 4 ކިލޯ ހަކުރުގެ ނިސްބަތުން ބެހުމަށް ވަނީ ހަމަޖެހިފައެވެ.  

ވީމާ، 07 ޑިސެމްބަރު 2020 ވާ ހޯމާ ދުވަހުގެ ހެނދުނު، 09:00 އިން 13:00 އާއި ދެމެދު، ކާޑު ބޭނުންވާ ފަރާތްތަކުން 6885753 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.  އަދި ކާޑު ބެހުމަށް ހަމަޖެހިފައިވަނީ ނަން ނޯޓްކުރާ ތަރުތީބުން، ކާޑުހުސްވަންދެން ކަމަށްވެސް ދަންނަވަމެވެ.

21 ރަބީޢުލްއާޚިރު 1442

06 ޑިސެމްބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2020/384

ޕަބްލިޝް ކުރި ތާރީޚް: 06-12-2020

ސުންގަޑި: 2020-12-07 13:00:00