އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު

7 ޑިސެމްބަރ 2020     3 years ago


ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު

 

 

2017 ވަނަ އަހަރު ވިލާ ކޮލެޖާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފުކުރެވިފައިވާ 'ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް' އަށް ކުރިމަތިލުމުގެ ފުރުޞަތު ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލަމެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫސިޓީގެ ދެ ފަރާތަކަށް ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރަށް، ހިލޭ ކިޔެވުމަށް ހުޅުވާލެވުނު ދެ ފުރުޞަތެވެ.

ވީމާ، މިސްކޮލަރޝިޕަށް ޝައުޤުވެރިވާ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގެ ދަރިވަރުން 2020 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސްކޮލަރޝިޕަށް އެދޭ ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ސްކޮލަރޝިޕަށް އެދޭ ފޯމު އަދި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6885002 ފޯނަށް ގުޅުއްވުން އެދެމެވެ.

ވިލާ ކޮލެޖު ސްކޮލަރޝިޕް ސްކީމް

ވިލާ ކޮލެޖު ސްކޮލަރޝިޕް ސްކީމް އެޕްލިކޭޝަން ފޯމު

22 ރަބީޢުލްއާޚިރު 1442

07  ޑިސެންބަރު 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2020/383

ޕަބްލިޝް ކުރި ތާރީޚް: 07-12-2020

ސުންގަޑި: 2020-12-17 13:00:00