އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް

7 ޑިސެމްބަރ 2020     3 years ago


އިޢުލާން

ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް

 

ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލާއި ގުޅިގެން ޕާޓްނަރޝިޕް ފޮރ އެންވަޔަރަންމަންޓް އެންޑް ޑިޒާސްޓަރ ރިސްކް ރިޑަންޝަން އާއި ޔޫރަޕިއަން ޔޫނިއަން އާއި ގުޅިގެން ކޯސްތަކެއް ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިކޯހަކީ މެސިވް އޯޕަން އޮންލައިން ކޯސް އޮން ނޭޗަރ-ބޭސްޑް ސޮލިއުޝަން ފޮރ ޑިޒާސްޓަރ އެންޑް ކްލައިމެޓް ރިސިލިއެންސް ގެ ނަމުގައި ކުރިއަށް ގެންދާ ކޯހެކެވެ. ކޯހުގެ މަޤްޞަދަކީ އީކޯ ސިސްޓަމަށް ފައިދާކުރާ އިންވެސްޓްމެންޓްތައް އިތުރުކުރުމެވެ.   އަދި ނޭޗަރ ބޭސްޑް ސޮލިއުޝަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ތަރައްޤީއެއް ޤާއިމްކޮށް ތިމާވެށި ރައްކާތެރިކޮށް ބައްޓަން ކުރާނެގޮތެއް ހޯދައި ދިނުމެވެ.

މި ކޯސްފެށުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު ޖެނުއަރީ މަހުގެތެރޭ އޮންލައިންކޮށެވެ. މި ކޯހުގެ ދިގުމިނަކީ 3 ގަޑިއިރާއި 6 ގަޑި އިރާއި ދެމެދުގެ ވަގުތެކެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިންކް ބޭނުން ކުރައްވައިގެން 31 ޑިސެންބަރ 2020 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، މި ކޯހުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ރަޖިސްޓްރީ ކުރެއްވުމަށް htt://pedrr.gov/MOOC ލިންކް ބޭނުން ކުރެއްވުން އެދި ދެންނެވީމެވެ.  

22 ރަބީޢުލްއާޚިރު 1442

07 ޑިސެންބަރ  2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2020/387

ޕަބްލިޝް ކުރި ތާރީޚް: 07-12-2020

ސުންގަޑި: 2020-12-31 14:00:00