އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުލީ ބިންތަކަށް ދައްކަވަންޖެހޭ ކުލި ކައުންސިލުން ބަލައިގަތުމާއިގުޅޭ

9 ޑިސެމްބަރ 2020     4 months ago


އިޢުލާން

ކުލީ ބިންތަކަށް ދައްކަވަންޖެހޭ ކުލި ކައުންސިލުން ބަލައިގަތުމާއިގުޅޭ

ޤާނޫނު ނަމްބަރ 2019/24 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ޤާނުނާއި ގުޅިގެން "އިންޑަސްޓްރިއަލް ލީޒް ރެންޓް" ގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ގުޅިގެން ބަލައިގަންނަމުންދިޔަ އެންމެހާ ފައިސާ އެ އޮތޯރިޓީން ބަލައިގަތުން 01 ޑިސެމްބަރ 2020 އިން ފެށިގެން ހުއްޓާލުމާއި ގުޅިގެން، އަދި މިތާރީޚުން ފެށިގެން މިފައިސާ ބަލައިގަތުން ކައުންސިލްތަކުން ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ އަންގަވާފައެވެ.  

 

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މި އެންގުމާއި ގުޅިގެން އައްޑޫސިޓީ އިން ކުލީބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުން ދައްކަވަންޖެހޭ ބިމުކުލި ތިރީގައި މިދަންނަވާ ގޮތަށް ދައްކަމުން ގެންދެވުމަށް ދަންނަވަމެވެ.

 

  • ފައިސާ ޖަމާކުރަންވީ:   އެކައުންޓް ނަމްބަރ 7708 700341001

                                      އެކައުންޓް ނަން:  Revenue- 1277

ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު ސްލިޕް އަވަށުއޮފީހަށް ވައިބަރ ނުވަތަ މެއިލް ކޮށްދެއްވުން

 

 

  • ހިތަދޫ ގެ ބިންތަކުގެ ކުލި –  ހިތަދޫ އަވަށު އޮފީހަށް   (ވައިބަރ: 9495753)
  • މަރަދޫ ގެ ބިންތަކުގެ ކުލި    މަރަދޫ އަވަށު އޮފީހަށް   (ވައިބަރ 7789043)
  • މަރަދޫފޭދޫ ގެ ބިންތަކުގެ ކުލި  މަރަދޫފޭދޫ އަވަށުއޮފީހަށް  (ވައިބަރ 7651634)
  • ފޭދޫގެ ބިންތަކުގެ ކުލި      ފޭދޫ އަވަށު އޮފީހަށް    (ވައިބަރ 7901809)
  • މީދޫގެ ބިންތަކުގެ ކުލި      މީދޫ އަވަށު އޮފީހަށް    (ވައިބަރ 7945027)
  • ހުޅުދޫގެ ބިންތަކުގެ ކުލި     ހުޅުދޫ އަވަށު އޮފީހަށް   ([email protected] )

 

24 ރަބީޢުލްއާޚިރު 1442

09 ޑިސެންބަރު 2020ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/391

ޕަބްލިޝް ކުރި ތާރީޚް: 09-12-2020

ސުންގަޑި: 2020-12-09 14:00:00