އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުގެ ފްލެޓްތަކުގެ މެއިންޓެނެންސް ބަލައްޓާނެ ސްކިލްޑް ލޭބަރ އަދި ސްޕަރވައިޒަރ މަޤާމްގެ މުސާރަ އަދި ޝަރުޠު ކަނޑައެޅުން

29 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އަވަށުގެ ފްލެޓްތަކުގެ މެއިންޓެނެންސް ބެލެހެއްޓުމާއި ގުޅޭގޮތުން ނިންމާފައިވާ  ކައުންސިލްގެ  ނަންބަރު:426-B (3)/2021/61  ނިންމުމުގައި ބަޔާން ކުރާ ސްކިލްޑް ލޭބަރ އަދި ސްޕަރވައިޒަރ  މަޤާމްގެ މުސާރަ އަދި ޝަރުޠު ކަނޑައެޅުން     

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު.ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ތިރީގައިބާޔާން ކުރެވިފައިވާ ގޮތަށް ހިތަދޫ އަވަށުގެ ފްލެޓްތަކުގެ މެއިންޓެނެންސް ބެލެހެއްޓުމާއި ގުޅޭގޮތުން ނިންމާފައިވާ  ކައުންސިލްގެ  ނަންބަރު:426-B (3)/2021/61  ނިންމުމުގައި ބަޔާން ކުރާ ސްކިލްޑް ލޭބަރ އަދި ސްޕަރވައިޒަރ  މަޤާމްގެ މުސާރަ އަދި ޝަރުޠު ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި  ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން  މި ހުށަހެޅުން ފާސްކުރެވުނެވެ.

މަޤާމު

ރޭންކް

މުސާރަ އާއި އެލަވަންސް

މަޤާމުގެ ޝަރުތު

ސުޕަވައިޒަރ

ޖީ.އެސް 3

  • -/4465 ރުފިޔާ (މުސާރަ)

 

  • -/1500 ރުފިޔާ (ސަރވިސް އެލަވަންސް)

 

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ސްކިލްޑް ލޭބަރ

އެސް.އެސް 3

  • -/3875 ރުފިޔާ (މުސާރަ)
  • -/1000 ރުފިޔާ (ސަރވިސް އެލަވަންސް)

 

  • ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އުމުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައި ނުވުން.
 

 

ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހީމް ޝުކުރީ    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/75

ތާރީޚް: 29 އެޕްރީލް 2021