އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް އައްޑޫސިޓީ ހުޅުދޫ އަވަށުން ބިން ކަނޑައެޅުން

29 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސިޔާސީ ޕާޓީތަކަށް އެ ޕާޓީ ތަކުގެ އޮފީހާއި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ބިން ދިނުމަށް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް އައްޑޫސިޓީ ހުޅުދޫ އަވަށުން ބިން ކަނޑައެޅުން    

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާހީމް ޝުކުރީ    

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކަށް އެ ޕާޓީ ތަކުގެ އޮފީހާއި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ބިން ދިނުމަށް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް އައްޑޫސިޓީ ހުޅުދޫ އަވަށުގައި މޯލްޑިވިއަން ޑިމޮކްރަޓިކް އެޕާޓީގެ އޮފީހާއި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ބޭނުން ކުރާނެ ބިން ކަނޑައަޅައި ލޭންޑް ޔޫސް ޕްލޭންގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތް ހިންގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން  މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝުކުރީ    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/76

ތާރީޚް: 29 އެޕްރީލް 2021