އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ޙަވާލުކުރާނެ މުވައްޒަފަކު ކަނޑައެޅުން

29 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ޙަވާލުކުރާނެ މުވައްޒަފަކު ކަނޑައެޅުން ،

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަބްދުއްﷲ ޞާދިޤް .

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިވަގުތު ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ކައުންސިލުން ޙަވާލުކޮށްފައިވާ ފަރާތާއި، ސިވިލްސަރވިސް ކޮމިޝަނުން އެ މަސްއޫލިއްޔަތު ޙަވާލުކޮށްފައި ނުވުމާއި، ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތްތައް ނުނިމި ގިނަދުވަސްތަކެއް ފާއިތުވެ، އޮފީހުގައި ކުރަންޖެހޭ މުހިއްމު މަސައްކަތް މަޑުޖެހިފައި ހުރުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންދާތީ، މިއިދާރާގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު، އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ލުޠުފީއާއި ޙަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު  

ހުށަހެޅުން ހުށަހެޅި:  މޭޔަރ، ޢަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/77

ތާރީޚް: 29 އެޕްރީލް 2021