އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް ކައުންސިލްގެ ޓީޝާޓް ހަމަޖެއްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

29 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް ކައުންސިލްގެ ޓީޝާޓް ހަމަޖެއްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު.ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސިވިލްސަރވިސް ޤަވާޢިދުގެ 145 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަނޑައެޅުނު ބައެއް މުވައްޒަފުންނަށް ކައުންސިލްގެ ޓީޝާޓު ހަމަޖެއްސުމާއި ގުޅިގެން މުވައްޒަފުންގެ މެދުގައި ހަމަހަމަ ކުރުމުގެ ގޮތުން ސިވިލްސަރވިސް ޤަވާޢިދުގެ 145 ވަނަ މާއްދާގެ (ރ) އަދި (ބ) ގެ ދަށުން ކައުންސިލްގެ ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް ޓީޝާޓް ހަމަޖެއްސުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ، ކައުންސިލްގެ އިދާރާގެ އަންހެން މުވައްޒަފުންގެ ތެރެއިން އަތްދިގު ޓީޝާޓް ބޭނުންވާ މުވައްޒަފުންނަށް އަތްދިގު ޓީޝާޓް އަދި ފިރިހެން މުވައްޒަފުންނަށް އަތް ކުރު ޓީޝާޓް ހަމަޖެއްސުމަށް  ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި: ކައުންސިލަރ ، ޢަލީ ފަހުމީ އަޙްމަދު             

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/80

ތާރީޚް: 29 އެޕްރީލް 2021