އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ިހިތަދޫ މަސްޖިދުލް މަންނާނު އަދި މަސްޖިދުލް އިނާބާއަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތު މުވައްޒަފުން ނެގުމާމެދު ގޮތެއް ނިންމުން

29 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އަވަށުގައި އަލަށް ގާއިމުކުރެވިފައިވާ މަސްޖިދުލް މަންނާނު އަދި މަސްޖިދުލް އިނާބާއަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތު މުވައްޒަފުން ނެގުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު.ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލްއާއި މަތިކުރެވިފައިވާ ޒިންމާއަކަށް ވެފައި، މިސްކިތްތައް ފޮޅާ ސާފު ކުރުމުގެ މަސައްކަތަށް ކޮންޓްރެކްޓް މަޤާމް އުފައްދައި އެ މަޤާމްތަކަށް ނެގޭ މުވައްޒަފުންގެ ޢަދަދު ކަނޑައެޅެނީ، އެއަވަށެއްގެ މިސްކިތްތައް ގާއިމުކުރެވިފައިވާ ނިސްބަތަށް ބަލައިގެންކަމަށްވާތީ، މި ވަގުތު ހިތަދޫ އަވަށުގައި އިތުރު 2 މިސްކިތް ގާއިމުކުރެވި، ނަމާދުކުރަން ފެށިފައިވާތީއާއި ހިތަދޫ އަވަށުގައި މިހާރު ތިބި މުވައްޒަފުންގެ ޢަދަދަށް ބަލާއިރު މި މިސްކިތްތަކަށް މުވައްޒަފުން ހަމަޖެއްސެން ނެތުމުން ހިތަދޫ އަވަށުގައި އަލަށް ގާއިމު ކުރެވިފައިވާ 2 މިސްކިތް ފޮޅާސާފުކުރުމުގެ މަސައްކަތަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތު 2 މަޤަމް އުފައްދައި މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން  މި ހުށަހެޅުން ފާސްކުރެވުނެވެ.

މަސްޖިދުލް އިނާބާ އަދި މަސްޖިދުލް މަންނާނުއަށް ވަގުތީ މުވައްޒަފުން ނެގުމަށް ހިނގާނެ ޚަރަދު

މަޤާމު

މުވައްޒަފުންގެ އަދަދު

މުސާރަ
(ޖަނަވަރީ-ޑިސެންބަރު)

ސަރވިސް އެލަވަންސް
(ޖަނަވަރީ-ޑިސެންބަރު)

އިތުރުގަޑި
(މުސާރައިގެ %15)

ރަމަޟާންމަހުގެ އިނާޔަތް

ޖުމުލަ

މިސްކިތު މަސައްކަތު

1

37,200.00

12,000.00

5,580.00

3,000.00

57,780.00

ބޭނުންވާ ޖުމްލަ ބަޖެޓް

2

74,400.00

24,000.00

11,160.00

6,000.00

115,560.00

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/81

ތާރީޚް: 29 އެޕްރީލް 2021