| 
			 މައްސަލަ  | 
		||||
| 
			 ހުށަހެޅުނު މައްސަލަ: 2017 ވަނަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބާއްވާ އަތޮޅުލީގްގައި ބައިވެރިވާ އައްޑޫ ސިޓީގެ ޓީމްގެ މެނޭޖްމަންޓް ޙަވާލުކުރުމާއި ޓީމަށް އެހީ ދިނުން.  | 
		||||
| 
			 މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް  | 
		||||
| 
			 ނިންމުން  | 
		||||
| 
			 މައްސަލަ ނިމުނުގޮތް: ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބާއްވާ އަތޮޅުލީގުގައި ބައިވެރިވާ އައްޑޫ ސިޓީގެ ޓީމަކީ، ޤައުމީ ފެންވަރުގައި މުބާރާތުގައި ބައިވެރިވާ ޓީމަކަށް ވެފައި، މި މުބާރާތުގައި ޓީމް ބައިވެރިވުމަށް ކުރަން ޖެހޭ ޚަރަދު ބޮޑުކަން ފާހަގަކުރެވޭތީ، މިޓީމް ގެ ހިންގުން ބެލެހެއްޓުން "އައްޑޫ ބެޑްމިންޓަން ކްލަބް "( އޭ.ބީ.ސީ) އާއި ޙަވާލު ކުރުމަށާއި، މި ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ޖަމުޢިއްޔާ ޖަމާޢަތް ތަކުން ހިންގާ ޙަރަކާތްތަކަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 30000.00ރުފިޔާ (ތިރީސް ހާސްރުފިޔާ) ޚަރަދު ކުރުމަށާއި، އެފައިސާ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޙަވާލުކޮށްގެން އެ އެސޯސިއޭޝަން މެދުވެރިކޮށް އައްޑޫ ސިޓީ ކައުންސިލްގެ ޓީމަށް ބޭނުންވާ ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި ދެންނެވުމަށާއި، ޓީމްގެ ކަންކަން ކުރިއަށްދާގޮތް ބެއްލެވުމަށް އައްޑޫސިޓީ ކައުންސިލްގެ ސްޕޯރޓްސް ކައުންސިލަރ ބައިވެރި ކުރުމަށް ފެންނަ ކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްވކުރެވުނެވެ.  | 
		||||
| 
			 ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު  | 
			
			 ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު  | 
		|||
| 
			 ވޯޓް ދެއްވި ގޮތް  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ: 01  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 04 ވޯޓް  | 
			
			 ވޯޓުގައި ބައިވެރިވި: 05 ވޯޓް  | 
		|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

