އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރ އިންތިޚާބު ކުރުން

17 މޭއި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރ އިންތިޚާބު ކުރުން.  

މައްސަލަ ހުށަހެޅި ފަރާތް: ވަގުތީ ސެކްރެޓަރީ ޖެނަރަލް ، މުޙައްމަދު ލުޠުފީ    

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށްފަހު، އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރ ކަމަށް ވާދަ ކުރެއްވި ފަރާތް ތަކުގެ މެދުގައި ނަން ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި، ހުށަހެޅުނު ނަންތައް ހިމަނައިގެން ކައުންސިލް މެމްބަރުންގެ މެދުގައި ނެގުނު ސިއްރުވޯޓުގައި، 4 ވަނަ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ކަމަށް، ސ.ހިތަދޫ ވައިލެޓްމާގެ، އަލްފާޟިލް މުޙައްމަދު ޝުޢާޢުގެ ނަން ކަނޑައަޅައި ކައުންސިލްގެ އަޣުލަބިއްޔަތުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ލިބުނު ވޯޓް

ޑެޕއުޓީ މޭޔަރ ކަމަށް ކުރިމަތިލި ކައުންސިލަރުންގެ ނަމާއި އެޑްރެސް

08

އަލްފާޟިލް މުޙައްމަދު ޝުޢާޢު /  ވައިލެޓްމަގެ، ސ.ހިތަދޫ  

01

އަލްފާޟިލާ އާމިނަތު އަދާލަ ރަޝީދު /  ލޫނާ، ސ.ހިތަދޫ  

03

އަލްފާޟިލް މުޙައްމަދު ފައިޞަލް / ކޮޑަގެ، ސ.ފޭދޫ  

ބާޠިލް ވޯޓް:    01     

ވޯޓުގައި ބައިވެރިވި: 13 މެމްބަރުން  




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B(4)/2021/01

ތާރީޚް: 17 މޭއި 2021