އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2021 ވަނަ އަހަރުގެ އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރުން

7 ޖެނުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2021 ވަނަ އަހަރުގެ އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއެކު ހުށަހެޅިފައިވާ ބަޖެޓަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 96 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ތައްޔާރު ކުރެވިފައިވާ ތިލަފަތްހަމަ ބަޖެޓެއް ކަމަށާއި، 2021 ވަނަ އަހަރުގެ އައްޑޫ ސިޓީ ކައުންސިލްގެ މުޅި ޖުމްލަ ބަޖެޓަކީ: 136،554،544.00 ރުފިޔާ ކަމުގައި ކަނޑައަޅައި ބަޖެޓް ފާސްކުރުމަށް ފެންނަ ކަމަށާއި، މި ބަޖެޓްގެ ރިކޮމެންޑޭޝަންގެ ގޮތުގައި،

1. އެލް.ޖީ.އޭގެ މޮނިޓަރިންގ ރިޕޯރޓްގައި މުވައްޒަފުންނަށް ދެމުންގެންދާ "ސްޕެޝަލް ޑިއުޓީ އެލަވަންސް" ދިނުމާއި ގުޅޭގޮތުން ފާހަގަކުރެވިފައި ހުރި ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، "ސްޕެޝަލް ޑިއުޓީ އެލަވަންސް"ގެ ބަދަލުގައި އިތުރު ގަޑީގެ ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި،

2. ދައުލަތުން ދޫކުރާ ގްރާންޓްގެ ގޮތުގައި ކޮންމެ މަހަކު ކައުންސިލަށް ލިބޭ ޢަދަދުގެ 5% އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބަޖެޓްގެ ގޮތުގައި ކައުންސިލްގެ "ޚަރަދު 2" އެކައުންޓަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި،

މި ބަޖެޓްގައި ޙަރަކާތްތައް ކަނޑައެޅިފައި ނުވާ ކަންކަމަށް ޚަރަދު ކުރުމުގައި އެ ޙަރަކާތްތައް ހިންގުމުގެ ހުއްދައަށް އެދި ކައުންސިލަށް ހުށަހަޅައި ކައުންސިލްގެ ނިންމުމާއެކު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ބަޖެޓް ފާސްވުމާއެކު ކަނޑައެޅިފައިވާ ބަޖެޓް ތަންފީޒު ކުރުމުގެ މަސައްކަތް ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދިއުމަށް ފެންނަ ކަމަށް ކަނޑައަޅައި ޤަރާރެއް ނެރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާޤުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 2021 ވަނަ އަހަރުގެ ބަޖެޓް ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(3)/2021/01

ތާރީޚް: 7 ޖެނުއަރީ 2021