އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ޙަވާލުކުރާނެ މުވައްޒަފަކު ކަނޑައެޅުން

27 މޭއި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ޙަވާލުކުރާނެ މުވައްޒަފަކު ކަނޑައެޅުން ،

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަލީ ނިޒާރު 

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، ކައުންސިލްގެ ސެކްރެޓަރީ ޖަނަރަލްގެ މަސްއޫލިއްޔަތާއި ވަގުތީ ގޮތުން ޙަވާލު ވެގެން ހުރި މުވައްޒަފަކީ ކައުންސިލްގެ ޕްލޭނިންގ ސެކްޝަނުގެ ގިނަ މަސްއޫލިއްޔަތާއި ޒިންމާއާއި ޙަވާލުވެގެން ހުރި މުވައްޒަފު ކަން ފާހަގަ ކުރެވޭތީ، މި ވަގުތު ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު އެހެން ފަރާތަކާއި ޙަވާކުރުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ، އައްޑޫސިޓީގެ 4 ވަނަ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާއި ޒިންމާ، ވަގުތީގޮތުން މިއިދާރާގެ މަރަދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މުޙައްމަދު ޙަލީމު އާއި ޙަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ،  މުޙައްމަދު ޝުޢާޢު 

ހުށަހެޅުން ހުށަހެޅި:  މޭޔަރ، ޢަލީ ނިޒާރު 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2021/002

ތާރީޚް: 27 މޭއި 2021