| 
			 މައްސަލަ  | 
		||||
| 
			 ހުށަހެޅުނު މައްސަލަ: ހިތަދޫ ވާރެހާ ޢަލި މަނިކާއަށް އެހީތެރިވެދިނުން  | 
		||||
| 
			 މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް  | 
		||||
| 
			 ނިންމުން  | 
		||||
| 
			 މައްސަލަ ނިމުނުގޮތް: ހިތަދޫ ވާރެހާ ޢަލި މަނިކާއަކީ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައި.ސީޔޫގައި އެޑްމިޓްކުރެވި ފަރުވާދެމުން އަންނަ މީހެއް ކަމަށާއި، ޢަލިމަނިކާއަކީ، އެހީތެރިވާނެ ވާލެއް ޔާރެއް އަދި ވާރިސެއްވެސް ނެތް ނިކަމެތި މީހެއްކަމަށާއި، ޢަލިމަނިކާ ހޮސްޕިޓަލުގައި އެޑްމިޓްކުރި ދުވަހުން ފެށިގެން ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސަރވިސް ސެންޓަރުން ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަން ފާހަގަކުރެވޭ ކަމަށާއި، ނަމަވެސް އެސެންޓަރުގައި މިވަގުތު މިފަދަ ކަމަކަށް އެހީތެރިވެވޭނެ މާލީ ތަނަވަސްކަމެއް ނެތްކަން ފާހަގަކޮށް މިއިދާރާއަށް ހުށަހަޅާފައިވާތީ، މިފަދަ ނިކަމެތި މީހަކަށް އެހީތެރިވުމަކީ މުހިއްމު ކަމެއްކަމުގައި ކައުންސިލަށް ފެންނާތީ މިވަގުތު ޢަލިމަނިކާގެ ޟަރޫރީ ކަންކަން ފުއްދުމަށް ކައުންސިލުން އެހީތެރި ވުމަށާއި، މިގޮތުން ބޭނުންވާ ނެޕީ، ކެއުން ބިއުން ފަދަ ކަންކަމަށް އެހީތެރި ވުމަށާއި، މިކަންކަމަށް އެހީތެރި ވުމުގެ ގޮތުން ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ބަޖެޓް ކޯޑް 223999"ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް" ކަނޑައެޅިފައިވާ ބަޖެޓްގެ ރިފަރެންސް (4)6.01.01.01.001އިން މިކަމަށް ހިނގާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މިފަދަ ނިކަމެތި މީހަކަށް އަޅާލުން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތް ދައުލައުތުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކުގައި ދަންނަވައިގެން ކުރިއަށް ގެންދިއުމަށާއި، އަދި ޢަލި މަނިކާއަށް އެހީތެރިވުމުގައި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުންގެ އެހީތެރިކަން ލިބޭނެ މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރިއަށްގެންދިއުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  | 
		||||
| 
			 ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު  | 
			
			 ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޙުސައިން ޙިޔާޟް  | 
		|||
| 
			 ވޯޓް ދެއްވި ގޮތް  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 04 ވޯޓް  | 
			
			 ވޯޓުގައި ބައިވެރިވި: 04 ވޯޓް  | 
		|

