އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ އަވަށު އޮފީހުގައި ހުރި ނައްތާލަންޖެހޭ ތަކެތި ނައްތާލުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

27 މޭއި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ އަވަށު އޮފީހުގައި ހުރި ނައްތާލަންޖެހޭ ތަކެތި ނައްތާލުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: މީދޫ އަވަށު އޮފީސް    

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މައްސަލައާއި އެކު އެއްކަރުދާސް ކުރެވިފައިވާ ލިސްޓްގައި ހިމެނޭ ތަކެތި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގައި މިބާވަތުގެ ތަކެތި ނައްތާލުމާއި ގުޅޭ ގޮތުން ބަޔާން ކުރެވިފައިވާ އެންމެހާ އިޖުރާތުތައް ފުރިހަމަ ކުރުމަށްފަހު މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި، މި ތަކެތި ނައްތާލުމަށް ވެމްކޯގެ ވެހިކަލް ކުއްޔަށް ހިނގާނެ ޚަރަދު ފައިސާ 375.00ރުފިޔާ (ތިންސަތޭކަ ހަތްދިހަ ފަސްރުފިޔާ) ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، އާމިނަތު ޞާލިޙާ     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، އިބްރާހީމް ޝިނާޒް     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/004

ތާރީޚް: 27 މޭއި 2021