އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް އޮބްޒާރވަރެއްގެ ގޮތުގައި ކައުންސިލަރަކު އައްޔަން ކުރުމާއިމެދު ގޮތެއް ނިންމުން

27 މޭއި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް އޮބްޒާރވަރެއްގެ ގޮތުގައި ކައުންސިލަރަކު އައްޔަން ކުރުމާއިމެދު ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު. ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް އޮބްޒާރވަރެއްގެ ގޮތުގައި ކައުންސިލަރ ޙުސައިން ފައިޒުއްރަޙްމާންގެ ނަން ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/007

ތާރީޚް: 27 މޭއި 2021