އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ގައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޕްރޮގްރާމް ތަކެއް ރާވައި ހިންގުމުގައި ކައުންސިލުން ގޮތެއް ނިންމުން

3 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ގައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޕްރޮގްރާމް ތަކެއް ރާވައި ހިންގުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އިބްރާހީމް ޝިނާޒް     

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ އަކީ ނަލަފެހި ޖަޒީރާ ވަންތަ ސާފު ސިޓީއަކަށް ހެދުމުގެ މަޤްޞަދުގައި އައްޑޫގެ ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތް  ކުރުމަށާއި، ދިވެހިރައްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދު ތަކުގެ ތެރޭގައި ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުން ހިމެނިފައިވާތީ، ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދު ފުއްދުމަށް އައްޑޫސިޓީ ކައުންސިލުން މަސައްކަތް ކުރުމާއި، އައްޑޫސިޓީގައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ރާވައި ހިންގުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ،

  1. އައްޑޫ ސިޓީގައި 100000( އެއްލައްކަ) ދިވެހި ރުއް އިންދުމުގެ ޕްރޮގްރާމެއް ރާވާއި ހިންގުމާއި،
  2. 5-6-2021 ވާ ހޮނިހިރު ދުވަހު މި ޕްރޮގްރާމް ފެށުމަށް ކުރަންޖެހޭ މަސައްކަތް ހިންގުމަށާއި، މި ޕްރޮގްރާމަކީ އައްޑޫގެ ރައްޔިތުންނަށް ފައިދާ ލިބޭ ގޮތަށް ދެމެހެއްޓެނިވި ގޮތުގައި ހިންގޭ ޕްރޮގްރާމަކަށް ހެދުމަށާއި، 
  3. އައްޑޫސިޓީއަކީ ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ތިމާވެއްޓާއި ރައްޓެހި އުފެއްދުންތައް އުފެއްދުމަށް ޝުޢުޤުވެރިވާ ފަރާތްތަކަށް ފެކްޓަރީ ޤާއިމުކުރުމަށް އައްޑޫސިޓީއިން ބިން ދޫކުރުމުގެ މަސައްކަތް ކުރުމާއި،  
  4. އައްޑޫސިޓީގެ ސްކޫލްތަކުގައި ސެލޯފިން ބޭނުން ނުކުރުމަށް ސްކޫލްތަކުގެ ވެރިންނާއި މަޝްވަރާ ބައްދަލުވުންތައް ބާއްވައި އައްޑޫގެ ސްކޫލްތަކަކީ ސެލޯފިންގ ބޭނުން ނުކުރާ ސްކޫލްތަކަށް ހެދުމަށް މަސައްކަތް ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، އިބްރާހީމް ޝިނާޒް      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/009

ތާރީޚް: 3 ޖޫން 2021