އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން ކުރެވި އައްޔަންކުރުމުގެ މަރުހަލާގައިވާ ވަޒީފާ ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ މަޤާމްތައް ކަނޑައެޅުން

3 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އާ ރެކްރޫޓްމެންޓް އުޞޫލަށް ޢަމަލު ކުރަން ފަށާއިރު އިޢުލާން ކުރެވި އައްޔަންކުރުމުގެ މަރުހަލާގައިވާ ސިވިލް ސަރވިސް މަޤާމްތަކުގެ ތެރެއިން ވަޒީފާ ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ މަޤާމްތައް ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު.ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމައި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 އަށް ޢަމަލުކުރަން ފަށާއިރު މިވަގުތު ކައުންސިލްގެ އިދާރާގައި އިޢުލާނުކޮށް މަޤާމްތަކަށް މީހުން އައްޔަން ކުރުމުގެ މަރުޙަލާގައި ހުރި 3 މަޤާމަށް (ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މަޤާމް، ކައުންސިލްގެ އިދަރާގެ އައި.ޓީ ޔުނިޓްގެ ކޮމްޕިއުޓަރ ޓެކްނީޝަން މަޤާމް އަދި ހުޅުދޫ އަވަށު އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމް) މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދި ސިވިލްސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އާމިނަތު ޞާލިޙާ      

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙަމްދު ސަޢީދު     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/012

ތާރީޚް: 3 ޖޫން 2021