| 
			 މައްސަލަ  | 
		||||
| 
			 ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ ފަންޑު ހިންގުމުގެ އުޞޫލުގެ ދަށުން ފަންޑު ހިންގުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމާއި އަދި އެ އުޞޫލުގައިވާ ގޮތުގެ މަތިން ލުއި ލޯނު ދޫކުރުމަށް ފަންޑެއް ޤާއިމު ކުރުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން.  | 
		||||
| 
			 މައްސަލަ ހުށަހެޅި ފަރާތް: އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބް  | 
		||||
| 
			 ނިންމުން  | 
		||||
| 
			 މައްސަލަ ނިމުނުގޮތް: އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުން ހުށަހެޅިފައިވާ މައްސަލަ އަކީ ވަރަށް ފުރިހަމަ މައްސަލައެއްކަން މުޅިކައުންސިލްއަށް ޤަބޫލުކުރެވޭތީ، އަދި މައްސލާގައި ބަޔާން ކުރެވިފައިވާ އައްޑޫސިޓީ ކައުންސިލް ވެލްފެއަރ ފަންޑަކީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބްގެ މެމްބަރުންނަށް ދިމާވާ އެކިއެކި ކަންކަމުގައި ލުއި ލޯނު ދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ މުހިއްމު ފަންޑެއް ކަމަށް ވީހިނދު، މިފަންޑު ހިންގުމުގެ އުޞޫލާއި އެއްގޮތަށް ފަންޑުގެ ކަންކަން ހިންގުމަށާއި، މިފަންޑަކީ ކްލަބްގެ މެމްބަރުންނަށް އެތައްގޮތަކުން ފައިދާ ކުރަނިވި ފަންޑަކަށް ވެގެން ދާނެ ކަމަށް ޤަބޫލުކުރެވޭތީ، މިފަންޑުހިންގުމަށް އެހީތެރިވުމުގެގޮތުން ފަންޑުގެ ޑިޕޮޒިޓެއްގެ ގޮތުގައި ކައުންސިލުން 100000.00ރުފިޔާ ( އެއްލައްކަރުފިޔާ) ފަންޑުގެ ރައުސްމާލެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށާއި، މިކަން ހަމަޖެއްސުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި އިންތިޒާމް ފައިނޭންސް ސެކްޝަނުން ކުރިއަށް ގެންގޮސް ދެއްވުމަށް ފެންނަކަމަށާއި، މި ފަންޑުގައި ބައިވެރި ވުމަށް ބޭނުންވާ މުވައްޒަފުންނަށް ކައުންސިލްގެ ވެލްފެއަރ ފަންޑުގެ އުޞޫލުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ފަންޑުގައި ބައިވެރި ވެވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު ފަންޑުގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިން އުނި ކުރަންޖެހޭ ފައިސާ އުނިކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، މިގޮތަށް އުނިކުރެވޭ ފައިސާ ރެކްރިއޭޝަން އެންޑް ވެލްފެއަރ ކްލަބަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބްގެ ލުއިލޯނު ދިނުމުގެ އުޞޫލާއި އެއްގޮތަށް ލޯނު ދޫކުރުމާއި ލޯނު އަދާ ކުރުމުގެ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމަށްފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  | 
		||||
| 
			 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ހިޔާޟް  | 
			
			 ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް  | 
		|||
| 
			 ވޯޓް ދެއްވި ގޮތް  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 04 ވޯޓް  | 
			
			 ވޯޓުގައި ބައިވެރިވި: 04 ވޯޓް  | 
		|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

