އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރ މަޤާމުގެ ޝަރުޠު އިޞްލާޙުކޮށް އަލުން މަޤާމަށް އިޢުލާނު ކުރުން

3 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ: 

މީދޫ  އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރ މަޤާމުގެ ޝަރުޠު އިޞްލާޙުކޮށް އަލުން މަޤާމަށް އިޢުލާނު ކުރުން.

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު.ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މީދޫ  އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރ މަޤާމުގެ ޝަރުޠު ތިރީގައި ބަޔާން ކުރެވިފައިވާ ނުކުތަތަކާއި އެއްގޮތަށް ކަނޑައަޅައި އަލުން މިމަޤާމަށް މީހުން ނެގުމަށް އިޢުލާނު ކުރުމަށް ފެންނަކަމަށާއި، އައްޑޫސިޓީގެ ހުރިހާ އަވަށެއްގައިވެސް ކޮންޓްރެކްޓް އުޞޫލުން މަޤާމްތަކުގައި ވަޒީފާ އަދާ ކުރުމަށް ނެގޭ މީހުންގެ ޢުމުރު އަކީ 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުން ކަމަށް ކަނޑައެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

މަޤާމުގެ ޝަރުތު:

  • ލިޔަން ކިޔަންދަތުމާއެކު، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު ހުރި (ސުޕަވައިޒަރ / ފަޔަރ އެންޑް ރެސްކިއު / މުނިސިޕަލް ފަދަ ) ދާއިރާތަކުގެ 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހަކަށްވުން.

މިމަޤާމުތަކަށް މުވައްޒަފުން ނެގުމުގައި ތިރީގައި މިދަންނަވާ ކްރައިޓީރިއާތަކަށް ބެލުން:

  1. ތަޢުލީމު %20
  2.  ތަޖުރިބާ %35
  3. އިންޓަވިއު %40
  4. ތަމްރީނު %5

ގުޅުން ހުރި ތަޖުރިބާއަށް މާކްސް ދިނުމަށް ތަޖުރިބާގެ ލިޔުން އެޕްލިކޭޝަނާއެކު ހުށަހަޅާފައިވުން. 

 

ތާއީދު ކުރެއްވި:  ކައުންސިލަރ، އަޙްމަދު ނާދިރު       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/014

ތާރީޚް: 3 ޖޫން 2021