އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫއަވަށުގައި ހިނަވާގެއެއް އެޅުމަށްޓަކައި ބިމެއް ކަނޑައެޅުން

3 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ: 

ހުޅުދޫއަވަށުގައި ހިނަވާގެއެއް އެޅުމަށްޓަކައި ބިމެއް ކަނޑައެޅުން.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ފައިޒުއްރަޙްމާން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހުށަހަޅާފައިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ ބިން ހުޅުދޫއަވަށުގައި ހިނަވާގެއެއް އެޅުމަށްޓަކައި ކަނޑައެޅުމަށް ފެންނަކަމަށާއި، އައްޑޫސިޓީގެ ހުރިހާ އަވަށެއްގައިވެސް ހިނަވާގެ އެޅުމަށް ބިން ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އާމިނަތު ޞާލިހާ       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު         

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/018

ތާރީޚް: 3 ޖޫން 2021