އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ ޤަބުރުސްތާނުގައި ކޮންމެހެން ކުރަންޖެހިފައި ހުރި މަރާމާތު މަސައްކަތް ކުރުމުގައި ކައުންސިލް އިން ގޮތެއް ނިންމުން

3 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ: 

މަރަދޫފޭދޫ ޤަބުރުސްތާނުގައި ކޮންމެހެން ކުރަންޖެހިފައި ހުރި މަރާމާތު މަސައްކަތް ކުރުމުގައި ކައުންސިލް އިން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޚާލިދަ މުޙައްމަދު

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ގޮތުގެ މަތިން މަރަދޫފޭދޫ ޤަބުރުސްތާނުގައި ކޮންމެހެން ކުރަންޖެހިފައި ހުރި މަރާމާތު މަސައްކަތް ޕްރޮޖެކްޓް ސެކްޝަނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށާއި، މިމަސައްކަތް ކުރުމަށް ހިނގާ ޚަރަދު ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކައުންސިލްގެ ބަޖެޓުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް        

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޚާލިދާ މުޙައްމަދު         

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/019

ތާރީޚް: 3 ޖޫން 2021