އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީޑިއާ އެންޑް އައި.ޓީ ޔުނިޓްގެ ހުސްވެފައިވާ މަޤާމުތަކަށް ދާއިމީ މުވައްޒަފުން ހަމަޖެހެންދެން، ކައުންސިލްގެ ކޮންޓްރެކްޓަށް މުވައްޒަފުން ނެގުން

12 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މި އިދާރާގެ މީޑިއާ އެންޑް އައި.ޓީ ޔުނިޓްގެ ހުސްވެފައިވާ މަޤާމުތަކަށް ދާއިމީ މުވައްޒަފުން ހަމަޖެހެންދެން، ކައުންސިލްގެ ކޮންޓްރެކްޓަށް މުވައްޒަފުން ނެގުމާއި، މިޔުނިޓަށް އެމް.އެސް 3 ގެ ކޮންޓްރެކްޓް މުވައްޒަފެއް ނެގުމާމެދު ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު.ސެކްޝަން        

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކައުންސިލްގެ އިދާރީ އޮނިގަނޑުގައިވާ މަޤާމުތަކުގެ ނަން ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަނުން މިހާރު ކުރަމުންދާތީއާއި، ހުސްވެފައިވާ ދާއިމީ މަގާމުތަކަށް އިޢުލާނުކޮށް މުވައްޒަފުން ހަމަޖެއްސުމުގެ މަރުހަލާ ދިގުލައިދާނެ ކަމަށް ފެންނާތީއާއި، މީޑިއާ އެންޑް އައި.ޓީ ޔުނިޓުގައި މިވަގުތު އޮފީހަށް ހާޟިރުވެ މަސައްކަތް ކުރަމުންދަނީ އެންމެ މުވައްޒަފެއްކަމަށްވެފައި،

މި އިދާރާގެ އައި.ޓީ ޔުނިޓްގެ ހުސްވެފައިވާ މަޤާމުތަކަށް ދާއިމީ މުވައްޒަފުން ހަމަޖެހެންދެން، އައި.ޓީ ޔުނިޓުން ފޯރުކޮށްދޭ ޚިދުމަތްތައް މެދު ނުކެނޑި ފޯރުކޮށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކޮންމެހެންވެސް ބޭނުންވާ 1 އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން  (GS4) މަޤާމް، 1 އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނިޝަން (GS3) މަޤާމް އަދި 1 މީޑިއާ އޮފިސަރ  (MS2) މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މި މަޤާމުތަކަކީ ދާއިމީ މުވައްޒަފުންގެ ބަދަލުގައި ނަގާ މަޤާމުތަކަށްވާތީ 2021 ވަނަ އަހަރަށް މި މަޤާމުތަކަށް ކަނޑައެޅިފައިވާ ބަޖެޓުން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށާއި އަދި،

މިއިދާރާގެ މީޑިއާ އެންޑް އައި.ޓީ ޔުނިޓުން ފޯރުކޮށްދޭ ޚިދުމަތަކީ ޓެކްނިކަލް ޚިދުމަތްތަކެއް ކަމަށްވާތީ، މަސައްކަތާ ގުޅޭ ދާއިރާގެ ތަޖުރިބާ ހުރި ސީނިއަރ މުވައްޒަފަކު ޔުނިޓްގައި މަސައްކަތް ކުރުމަކީ، މަސައްކަތް އިތުރަށް ހަރުދަނާވެ އިދާރާއަށް ބޭނުންވާ ޒަމާނީ ޚިދުމަތް ފޯރުކޮށް ދިނުމަށް ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަމަށް ދެކޭތީ،1 ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން (MS3)މަޤާމު އުފައްދައި  މި މަޤާމުގެ މުސާރައާއި އެލަވެންސްދިނުމަށް ހިނގާ ޚަރަދު ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖައްސައި މަޤާމްތަކަށް މީހުންނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

 

އިސްވެ ބަޔާން ކުރެވިފައިވާ މަޤާމްތަކަށް މީހުން ނެގުމަށް ކަނޑައެޅުނު އުޞޫލު.  

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން  - GS3

މަޤާމުގެ ޝަރުތު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2.  
  3. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިންތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މުސާރަ

  • އަސާސީ މުސާރަ: 4465.00
  • ސަރވިސް އެލަވެންސް: 1500.00
  • ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35
  • އިތުރުގަޑި: ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް

މުއްދަތު

ދާއިމީ މަޤާމަށް މުވައްޒަފަކު ހަމަޖެހެންދެން

 

 

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން  - GS4

މަޤާމުގެ ޝަރުތު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2.  
  3. މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިންތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މުސާރަ

  • އަސާސީ މުސާރަ: 5020.00
  • ސަރވިސް އެލަވެންސް: 1500.00
  • ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35
  • އިތުރުގަޑި: ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް

މުއްދަތު

ދާއިމީ މަޤާމަށް މުވައްޒަފަކު ހަމަޖެހެންދެން

 

 

މީޑިއާ އޮފިސަރ – MS2

މަޤާމުގެ ޝަރުތު

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ޖަރނަލިޒަމް، މީޑިއާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މުސާރަ

  • އަސާސީ މުސާރަ: 6295.00
  • ސަރވިސް އެލަވެންސް: 2000.00
  • ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35
  • އިތުރުގަޑި: ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް

މުއްދަތު

ދާއިމީ މަޤާމަށް މުވައްޒަފަކު ހަމަޖެހެންދެން

 

 

ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން – MS3

މަޤާމުގެ ޝަރުތު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2.  
  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  4.  
  5. ޘާނަވީ އިމްތިހާނުގެ 3 މާއްދާއިން ފާސްވެފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 4 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

މުސާރަ

  • އަސާސީ މުސާރަ: 7035.00
  • ސަރވިސް އެލަވެންސް: 2000.00
  • ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35
  • އިތުރުގަޑި: ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް

މުއްދަތު

31 ޑިސެންބަރު 2021ގެ ނިޔަލަށް

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ ، އާމިނަތު ސަލްމާ       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، އިބްރާހީމް ޝިނާޒް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 04   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/025

ތާރީޚް: 12 ޖުލައި 2021