އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ބޭރުމަތީ ސަރަޙައްދުގެ "ކިނބިވައު" ތިމާވެއްޓަށް ގެއްލުން ނުލިބޭގޮތަށް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން

12 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ބޭރުމަތީ ސަރަޙައްދުގެ "ކިނބިވައު" ތިމާވެއްޓަށް ގެއްލުން ނުލިބޭގޮތަށް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.  

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ މަރްޔަމް ސަޢީދާ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިތަދޫ ކިނބިވައު ސަރަހައްދަކީ، އައްޑޫގެ އާޘާރު އެކުލެވިގެންވާ މުހިއްމު ތަނެއްކަމަށް ވެފެއި، މި ސަރަޙައްދުގައި ހިމެނޭ ގަސްތަކަކީ ލަފާ ކުރެވޭ ގޮތުން 100 އަހަރަށް ވުރެ ޢުމުރުން ދުވަސް ވެފައިވާ ގަސްތަކެއް ކަމުގައި ވުމާއި، މި ސަރަހައްދުގައި ހުރި ދުވަސްވެފައި ހުރި ގަސް ތައް ކައުންސިލްގެ ހުއްދަ ނެތި ކަނޑައި އަންދާ ލަމުން ދާކަން ފާހަގަ ކުރެވޭތީ، އަދި މި ސަރަޙައްދަކީ އިޖްތިމާޢީ ގޮތުން މުޖްތަމަޢުގައި ހިނގައިގެން ނުވާ ފަދަ ކަންކަން ހިނގައި ކުށުގެ ވެއްޓަށް މަގުފަހިވެފައިވާ ސަރަހައްދެއް ކަމަށް ފާހަގަކުރެވޭތީ، މުޖްތަމަޢުގެ އަމާން ކަމާއި ރައްކާތެރި ކަން ކަށަވަށު ކުރުމަށް ކައުންސިލުން ކުރެވެން ހުރި މަސައްކަތް ކުރުމުގެ ގޮތުން މިސަރަޙައްދަށް ކަރަންޓް ލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި،

މި ގޮތުން މި ސަރަޙައްދަކީ ކަރަންޓް ކޭބަލް ވަޅު ލެވިފައި ނުވާ ސަރަޙައްދެއް ކަމުން މި ސަރަޙައްދުގައި ކަރަންޓް ކޭބަލް ވަޅުލުމަށްފަހު ކަރަންޓް ފޮށި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅުމަށާއި، ކިނބި ވައު ހިމެނޭ ސަރަޙައްދު ރައްކާތެރި ގޮތުގައި ބެލެހެއްޓުމަށް އެ ސަރަހައްދު ސާފުކޮށް ބިމަށް ފަސް އަޅައި، ޑަސްބިން ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، ކިނިބި ވައު ސަރަހައްދު އަލިކުރުމުގެ ގޮތުން ތިރީގައި ބަޔާން ކުރެވިފައިވާ ތަފްޞީލާއި އެއްގޮތަށް ލައިޓް ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، މިގޮތުން 

ފިނިހިޔާ މަގު ގައި

  • 20 ޓިއުބު ލައިޓު ފޯސްޓް
    • 20 ކޮންކްރީޓް ބުޑު
  • 20 ލައިޓު
  • 1255 މީޓަރު ކޭބަލް  ( 4sq mm -2 core underground cable

 

 

 

ކިނބިވަލި މަގު ގައި

  • 12 ޓިއުބު ލައިޓު ފޯސްޓް
  • 12 ކޮންކުރީޓު ބުޑު
  • 12 ލައިޓު
  • 570 މީޓަރު ކޭބަލް  ( 4sq mm -2 core underground cable

 

އިސްވެ ބަޔާން ކުރެވިފައިވާ މަސައްކަތަކީ އިޖްތިމާޢީ ގޮތުން ކުރަން ޖެހޭ މަސައްކަތެއް ކަމުގައި ދެކިގެން މި މަސައްކަތް ކުރުމަށް ބޭނުން ކުރާނެ ތެކެތި ކައުންސިލްގެ ޚަރަދުގައި ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށާއި،  ދައުލަތަށް އެންމެ ޚަރަދު ކުޑަވާނެ ގޮތަކަށް މިމަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިއިދާރާގެ ޕްރޮޖެކްޓް ސެކްޝަނާއި ހިތަދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން ހިތަދޫއަވަށުގެ މުނިސިޕަލް ސަރވިސް ޑިވިޝަނުގެ މަސައްކަތް ކުރާ، ކަމާއި ގުޅުން ހުރި މުވައްޒަފުންނާއި އަދި ޕަބްލިކް ވާރކްސްގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެން  މި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި،

ރައްޔިތުންނަށް މި ތަނަކީ ހިތްހަމަޖެހޭ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ގެންގޮސް ދިނުމުގެ ގޮތުން، ކައުންސިލަށް އާމްދަނީ ލިބޭގޮތަށް ދާއިމީ ގޮތެއްގައި މިތަން ތަރައްޤީކޮށް ހިންގާ ބެލެހެއްޓުމަށް  ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަތު ލިބޭގޮތަށް ޤަވާޢިދާއި އެއްގޮތަށް ޢާއްމުކޮށް އިޢުލާނުކޮށް ކިނބިވައު ސަރަހައްދު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ، ޚާލިދާ މުޙައްމަދު         

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، ޙުސައިން ޒަރީރު         

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/027

ތާރީޚް: 12 ޖުލައި 2021