އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އެދިލައްވައިގެން، ސޭފް ހޯމް އެޅުމަށް

12 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އެދިލައްވައިގެން، ސޭފް ހޯމް އެޅުމަށް  ހިތަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ސައިޒް ބޮޑުކޮށްދިނުމަށް އެމިނިސްޓްރީއިން އެދިލައްވާފައިވާ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާހީމް ޝިނާޒް

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސޭފްހޯމް އަދި އެލްޑަރލީ ހޯމް އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި ބިމުގެ ކަންކަން އަވަހަށް ނިންމައި ދިނުމަށް އެމިނިސްޓްރީއިން އެދިފައިވާތީ އާއި، މި ގޮތުން ފޭދޫ އަވަށުގައި ހެދުމަށް ހަމަޖެހިފައިވާ އެލްޑަރލީ ހޯމް އަށް 30000 އަކަފޫޓް ބިން ހަމަޖައްސާދެވިފައިވާތީއާއި ހިތަދޫގައި އެޅުމަށް ހަމަޖެހިފައިވާ ސޭފްހޯމް އަށް މިހާރު ދޫކުރާގޮތަށް ކައުންސިލުން ނިންމަވާފައިވާ 13915.69 އަކަފޫޓު ބިމަށް 7000 އަކަފޫޓް އިތުރުކޮށްދެއްވުމަށް އެ މިނިސްޓްރީއިން އެދޭފައިވާތީ، ސޭފްހޯމް އެޅުމަށް ތައްޔާރުކުރެވިފައިވާ ކޮންސެޕްޓާއި އެއްގޮތަށް އެތަން ހެދޭނީ އިތުރު ބިން ހަމަޖައްސާދެވިގެން ކަމަށް ފެންނާތީ،  

ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގައިވާގޮތުން ސޭފްހޯމް ފަދަ ބޭނުމަކަށް ދޫކުރެވޭ ބިމުގެ އެންމެ ބޮޑުމިނަކީ 8000 އަކަފޫޓް ކަމަށްވާތީ އެވަރަށް ބިމުގެ ސައިޒް ކުޑަކުރުމަށްފަހު ބިން ދޫކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން ހުއްދަދެއްވާފައިވީ ނަމަވެސް، މިއީ ޒޯންކުރެވިފައިވާ ހުސްބިމަކުން އަލަށް ދޫކުރާ ބިމަކަށް ނުވާތީއާއި، މި ބިމަކީ ކުރީގެ ހިތަދޫކޯޓް ހުރި ބިންކަމަށްވެފައި، ވަށާފާރުލެވި އިންވަކިކުރެވި ފައިވާ ބިމަކަށްވެފައި،އަދި އެއީ ދައުލަތުގެ ބޭނުމަށް ކުރީއްސުރެ ކަނޑައެޅި ބޭނުންކުރަމުން އައި ބިމަކަށްވާތީއާއި ސޭފް ހޯމް އެޅުމަށް ބިން ދޫކުރެވެނީވެސް ދައުލަތުގެ މުވައްސަސާއަކަށް ކަމަށްވާތީ  ވަށާފާރުލެވި އިންވަކިކުރެވިފައިވާ ބިން އެއްކޮށް ސޭފް ހޯމް އެޅުމަށް ދޫކުރުމަށާއި، އަދި މިބިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ދޫކުރުން ޤަވާޢިދާއި ފުށޫއަރާ ކަމަކަށް ނުބެލެވޭތީ އަދި ސޭފްހޯމް އެޅުމަށް މިހާރު ތައްޔާރުކުރެވިފައިވާ ކޮންސެޕްޓާއި އެއްގޮތަށް ޢިމާރާތްކުރުމަށް މަގުފަހިވެ އެ ސަރަޙައްދުގެ ލޭންޑްސްކޭޕަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ފެންނާތީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އެދިވަޑައިގެންފައިވާ ގޮތަށް ބިމަށް 7000 އަކަފޫޓް އިތުރުކޮށްދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ، އާމިނަތު އަދާލާ ރަޝީދު         

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، އިބްރާހީމް ޝިނާޒް        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/028

ތާރީޚް: 12 ޖުލައި 2021