އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ބިން ހިއްކުމުގެ މަޝްރޫޢުގައި ތޮށި ލުމަށް ބޭނުން ކުރި ބޮޑު ހިލަ ތަކާއި މެދު ކައުންސިލުން ގޮތެއް ނިންމުން.

12 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސ.ފޭދޫ ބިން ހިއްކުމުގެ މަޝްރޫޢުގައި ތޮށި ލުމަށް ބޭނުން ކުރި ބޮޑު ހިލަ ތަކުގެ ތެރެއިން ބާކީ ހުރި ހިލަ ސިއެރާ ކޮންސްޓްރަކްޝަން ކޮމްޕެނީ އިން އަނބުރާ ނެގުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އާމިނަތު ސަލްމާ       

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، 2017ވަނަ އަހަރު ސިއެރާ ކޮންސްޓްރަކްޝަން ކޮމްޕެނީ އިން ސ.ފޭދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ފަހު ފޭދޫ ހިއްކި ބިމުގެ ދެ ސަރަހައްދަކަށް ބާކީ ހުރި ބޮޑު ހިލަތައް އުކާލެވިފައިވުމާއި، ސިއެރާ ކޮންސްޓްރަކްޝަން ކޮމްޕެނީ އިން  މިހިލަތައް ނެގުމަށް އެދިފައިވާ މައްސަލައާއި ގުޅިގެން ޕްރޮޖެކްޓްގެ މަސައްކަތް ނިމި ފާއިތުވެ ދިޔަ ދިގު މުއްދަތުގައިވެސް މި ހިލަތައް އަނބުރާ ނަގާފައި ނުވާކަން ފާހަގަކޮށް 4 އަހަރު ވަންދެން ފޭދޫގެ ހިއްކި ބިމުގެ މައި 2 ސަރަހައްދަކަށް މި ތަކެތި އުކާލެވިފައިވުމުން މި 2 ސަރަޙައްދުވެސް އެހެން ކަމަކަށް ބޭނުން ނުކުރެވިވާތީ، މި ތަކެތި ސިއެރާ ކުންފުންޏަށް ދޫކުރާނަމަ މި ތަކެތި ބެހެއްޓިފައިފައިވާ ބިމުގެ ސައިޒު ސާރވޭ ކުރުމަށްފަހު، އަކަފޫޓަކަށް 2.75ރުފިޔާ ގެ ރޭޓުން މި ޕްރޮޖެކްޓްގެ މަސައްކަތް ނިމުނު ތާރީޚުން ފެށިގެން ތަކެތި ނަގާ ދުވަހާއި ހަމައަށް ކުލި ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށްފަހު މިތަކެތި ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ، އިބްރާހީމް ޝިނާޒް         

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، މުހައްމަދު ފައިޞަލް         

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/029

ތާރީޚް: 12 ޖުލައި 2021