އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ އަވަށްތަކުގެ މަގުތައް ދިއްލުމަށް " ވެށެ ދިއްލުން " ނަމުގައި ޚާއްސަ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން.

12 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގެ އަވަށްތަކުގެ މަގުތައް ދިއްލުމަށް " ވެށެ ދިއްލުން "  ނަމުގައި ޚާއްސަ ޕްރޮޖެކްޓެއް ގޮތަށް އައްޑޫގެ މަގުތައް ދިއްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު        

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ އަކީ 36،000ގެ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނަކަށްވެފައި ރަށުގެ ގިނަ މަގުތައް ދިއްލިފައި އޮތުމަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ޤަބޫލުކުރެވޭތީ، އަދި މިކަމަކީ ޤާނޫނީ ގޮތުން ކައުންސިލްގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމަށް ވީހިނދު، އައްޑޫސިޓީގެ އަވަށްތައް އަނދިރިކޮށް އޮތުމުގެ ސަބަބުން އައްޑޫގެ ދިރުން ގެއްލި މުޖްތަމަޢުގެ އަމަން އަމާންކަން ދަމަހައްޓަން އުނދަގޫވެ ކުށުގެ ވެށްޓަށް ޖާގަ ދެވޭތަން އަންނަކަމަށް ޤަބޫލުކުރެވޭތީއާއި،

އައްޑޫގެ ގިނަ އަވަށްތަކުގެ ބައެއް ސަރަހައްދު ތަކަކީ އަލަށް މީހުން އާބާދުވާން ފަށާފައިވާ ސަރަޙައްދުތަކަކަށް ވުމާއިއެކު މަގުތައް އަލިކުރުމަކީ ރައްޔިތުނަނަށް ފޯރުކޮށްދޭންޖެހޭ ޟަރޫރީ ޚިދުމަތެއްކަމުގައި ދެކޭ ހިނދު، އައްޑޫ ރޯޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ތާރު އެޅުމަށް ކަނޑައަޅާފައިވާ މަގުތަކުގައި ޖަހަންޖެހޭ ބައްތިތައް އުނިކޮށް، އައްޑޫގެ އަވަށްތަކުގައި އަލަށް ބައްތި ޖަހަންޖެހޭ މަގުތަކާއި މަރާމާތު ކުރަންޖެހޭ ބައްތިތަކުގެ ޢަދަދުތަކާއި އަދި މިމަސައްކަތައް ބޭނުންވާ ތަކެތީގެ ތަފްޞީލު އެއްކުރުމަށްފަހު، އައްޑޫގެ މަގުތަކުގައި ލައިޓް ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި،  

2021 ވަނައަހަރުގެ ބަޖެޓުގެ ތެރެއިން މަގުތައް ދިއްލުމާއި މަގު ބައްތިތައް މަރާމާތު ކުރުމުގެ އެކްޓިވިޓީ (226007) ގައި މިވަގުތު ބާކީ ހުރީ ގާތްގަޑަކަށް 1.2 މިލިއަން ކަމަށް ވެފައި މި ވަގުތު އައްޑޫގެ މަގުތައް ދިއްލުމަށް ގާތްގަނޑަކަށް 2 މިލިއަން ވަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވޭތީ، ބަޖެޓު ރިވައިސް ކުރުމުގައި މިމަސައްކަތަށް އިސްކަން ދިނުމަށާއި،

މި މަސައްކަތަށް ބެނުންވާ ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ އައްޑޫސިޓީއިން ފަސޭހައިން ގަންނަން ލިބޭ ތަކެއްޗަށް ނުވެފައި އަދި ވަކި ވަކިން ތަކެތި ގަތުމުގައި އަގުގެ ބޮޑު ތަފާތުތަކެއް ހުންނާނެ ކަމަށްޤަބޫލު ކުރެވެތީ އައްޑޫގެ މަގުތައް ދިއްލުމުގެ މަސައްކަތަށް ޕްރޮޖެކްޓް އުޞޫލުން ގަނޑުކޮށް ތަކެތި ގަނެގެން މަސައްކަތް ކުރުމަށް ފެންނަކަމަށާއި،

 

އިސްވެ ބަޔާން ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު އައްޑޫސިޓީގެ އަވަށް ތަކުގެ މަގުތައް ދިއްލުމުގެ މަސައްކަތް ކުރިއަށް ގެންދިމަށް ޕްރޮޖެކްޓް ސެކްޝަނާއި ޙަވާލުކޮށްގެން  " ވެށެ ދިއްލުން "  ނަމުގައި އައްޑޫގެ މަގުތައް ދިއްލުމަށް ޚާއްސަ ޕްރޮޖެކްޓެއް ހިންގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ، މަރްޔަމް ސަޢީދާ          

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، އާމިނަތު އަދާލާ ރަޝީދު          

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/030

ތާރީޚް: 12 ޖުލައި 2021