އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫ ބަނދަރުގެ ބޭރުތޮށި (ބްރޭކްވޯޓަރ ވޯލް) ގެ ޑިޒައިނާ ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން

12 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހިތަދޫ ބަނދަރުގެ ބޭރުތޮށި (ބްރޭކްވޯޓަރ ވޯލް) ގެ ޑިޒައިނާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޙުސައިން ޒަރީރު        

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ހިތަދޫ ބަނދަރު ސަރަޙައްދަކީ ގިނަ އަދަދެއްގެ މަސްދޯނިފަހަރާއި އަދި ބޯޓުފަހަރު ލަފާފުރާ ސަރަޙައްދެއް ކަމަށްވެފައި، ހިތަދޫ އަވަށަކީ އައްޑޫސިޓީގެ އެންމެ އާބާދީ ބޮޑު އަވަށް ކަމުގައި ވީނަމަވެސް، މި އަވަށުގައި މިއަދާއި ހަމަޔަށް ލަފާފުރާ އޮޑި ދޯނިފަހަރަށް އެކަށިގެންވާ ގޮތަށް ތަރައްޤީ ކުރެވިފައިވާ ބަނދަރެއް ނެތުމުގެ ސަބަބުން ބައެއް މޫސުމް ތަކުގައި އޮޑިދޯނިފަހަރު ހިތަދޫ ތޮށިގަނޑުގައި ބަނދަރުކޮށްފައި ބޭއްވުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހި، އައްޑޫސިޓީގެ އިރުމަތީ ފަރާތުން ބާރުވައި އަންނަ ދުވަސްތަކުގައި ރައްޔިތުންގެ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ލިބެމުން ދިއުމުގެ ސަބަބުން އޮޑިވެރިންނާއި ފަޅުވެރިން އުޅަނދުފަހަރު ރައްކާކުރެވޭނެ ގޮތެއްނެތްކަމުގެ ޝަކުވާ ތަކުރާރުކޮށް އުފުލަމުން އަންނަ ކަން ފާހަގަކޮށް،

1 އޭޕްރިލް 2021 ވަނަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އާއި އެމް.ޓީ.ސީ.ސީ އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިތަދޫ އެއްގަމު ތޮށިގަނޑާ ދިމާލުން 1500 ވަރަކަށް ފޫޓު ބޭރުގައި 800 މީޓަރ ގެ ބްރޭކްވޯޓަރ ރިވެޓްމެންޓެއް ޖެހުމަށް ހަމަޖެހިފައިވުމާއި، މި ބްރޭކް ވޯޓަރ ރިވެޓްމެންޓް ގެ ބޭނުމަކީ ހިތަދޫ އެއްގަމު ތޮށިގަނޑުގައި ބަނދަރުކުރާ އުޅަނދު ފަހަރަށް ރައްކާތެރިކަން ދިނުމުގެ ބޭނުމަށް ހިންގޭ މަޝްރޫއުއެއް ކަމުގައި ވީނަމަވެސް، މި މަސައްކަތް ކުރެވެމުންދާ ގޮތުގެ ހުރި ކަންބޮދުވްތައް ފާހަގަކޮށް އޮޑިވެރިންނާއި، ކެޕްޓަނުން، އަދި ކެޔޮޅުންނާއި މިސަރަހައްދު ބޭނުންކުރާ ރައްޔިތުންގެ ތަޖުރިބާގެ އަލީގައި، ކަންބޮޑުވުން ފާޅުކުރަމުންދާތީއާއި،  

ޚާއްޞަކޮށް ހިތަދޫ އަވަށަށް ނިސްބަތްވާ ހުރިހާ ކެޔޮޅުންނާއި އޮޑިވެރިން އެއްބަސްވެ ފާހަގަކުރާ ގޮތުގައި، ބްރޭކްވޯޓަރ ރިވެޓްމެންޓް މިހާރު ޑިޒައިންކުރެވިފައިވާ ދުރުމިނުގައި ހިތަދޫ ބޭރުފަޅުގައި ޖެހުމުން އޮޑިދޯނިފަހަރަށް ދިމާވާ މައްސަލަތަކަށް އެއްވެސް މިންވަރެއްގެ ޙައްލެއް ނުލިބޭނެކަމަށް އެފަރާތްތަކުން ފާހަގަކުރަމުންދާތީ،

 

މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިންނާއި އެކު ކުރިއަށް ގެންދެވުނު މަޝްވަރާ ތަކާއިއެކު އެފަރާތްތަކުން ހުށަހެޅުއްވި ޚިޔާލުތަކަށް ރިއާޔަތްކޮށް އެފަރާތްތަކުން ހިތަދޫ ބަނދަރު ތަރައްޤީ ކުރުމަށް އެދޭ ގޮތުގެ ކޮންސްޕްޓް ޑްރޯވިންގ އެއް ތައްޔާރުކޮށް ހުށަހަޅާފައިވުމާއި،

މަސްވެރިންނާއި ކެޔޮޅުން އަދި އޮޑިވެރިން ހުށަހަޅާ ޚިޔާލުތަކުގައި ހިތަދޫ އަވަށަކީ ދިވެހިރާއްޖޭގެ ނިސްބަތުން އާބާދީބޮޑު އަދި ގިނަ ޢަދަދެއްގެ އޮޑިދޯނިފަހަރު ލަފާފުރާ އަވަށަކަށްވެފައި، މިއަވަށުގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ބަދަލުގައި، ކިރިޔާ ފުއްދާލެވޭ ގޮތައް ތަންތަންކޮޅު ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ފެންނާތީ،

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ލިބިގެން ތައްޔާރު ކުރެވިފައިވާ ކޮންސެޕްޓް ޑްރޯވިންގ އާއި އެއްގޮތްވާގޮތަށް ހިތަދޫ ބަނދަރުގެ ޑިޒައިން ތައްޔާރުކޮށް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންގޮސް ދެއްވުން އެދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އާއި ދައުލަތުގެ ކަމާއިގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ ، މުހައްމަދު ޝުޢާޢު         

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، ޙުސައިން ޒަރީރު         

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (4)/2021/031

ތާރީޚް: 12 ޖުލައި 2021