އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ ރަށްވެހިގޭގައި ހުރި ތަކެތި ނީލަން ކިޔުމަށްފަހު ނީލަމުގައި ނުވިކި ހުރި ތަކެތި ނައްތާލުމުގައި ކައުންސިލުން ގޮތެއް ނިންމުން.

9 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ ރަށްވެހިގޭގައި ހުރި ތަކެތި ނީލަން ކިޔުމަށްފަހު ނީލަމުގައި ނުވިކި ހުރި ތަކެތި ނައްތާލުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: މީދޫ އަވަށު އޮފީސް     

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މައްސަލައާއި އެކު އެއްކަރުދާސް ކުރެވިފައިވާ ލިސްޓްގައި ހިމެނޭ ތަކެތި ނައްތާލުމާއި ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ އެންމެހާ އިޖުރާތުތައް ފުރިހަމަ ކުރުމަށްފަހު މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ، އިބްރާހީމް ޝިނާޒް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، ޙުސައިން ޒަރީރު       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް

 

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

 

 

                                                                       ޢަލީ ނިޒާރު  

                                                                         މޭޔަރ

 

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

ޢަމަލު ކުރަންވީ: މީދޫ އަވަށު އޮފީސް    




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-B (4)/2021/021

ތާރީޚް: 9 ޖޫން 2021