އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުނިސިޕަލް ސަރވިސް ޑިވިޝަނަށް ނަގާފައިވަ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމާއި، ހުސްވެފައިވާ މަޤާމްތަކަށް މުވައްޒަފުން ނެގުން

3 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މުނިސިޕަލް ސަރވިސް ޑިވިޝަނަށް ނަގާފައިވަ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމާއި، މުނިސިޕަލް ސަރވިސް ޑިވިޝަނުގެ ހުސްވެފައިވާ ކޮންޓްރެކްޓް މަޤާމްތަކަށް މުވައްޒަފުން ނެގުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު.ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ މުނިސިޕަލް ސަރވިސް ޑިވިޜަނަށް މުވައްޒަފުން ނެގިފައިވަނީ 06 މަސް ދުވަހުގެ މުއްދަތަށް ކަމަށްވެފައި، މި ޑިވިޜަންގެ މަޤާމުތަކުގެ ތެރެއިން މިހާރު ވަޒީފާގައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް 2021 ޖޫން 19 ވަނަ ދުވަހަށް ހަމަވާތީ މި މަޤާމުތަކަށް ނެގިފައިވާ މުވައްޒަފުންގެ ތެރެއިން، މުވައްޒަފުންގެ މަސައްކަތު އަޚުލާގާއި މަސައްކަތުގެ ފެންވަރު އަދި ހާޟިރީއަށް ބަލައި މުއްދަތު އިތުރުކުރުމަށް އެކަށީގެންވާކަމަށް ފެންނަ ކޮންޓްރެކްޓް މުވައްޒަފުންގެ މުއްދަތު 2021 ޑިސެންބަރު 31 ގެ ނިޔަލަށް އިތުރުކުރުމަށާއި،އަދި ކައުންސިލްގެ ނަންބަރު 426-B(3)/2020/11 (15 އޮކްޓޫބަރު 2020) ނިންމުމާ ގުޅިގެން ހިތަދޫ، ހުޅުދޫ އަދި މީދޫ މުނިސިޕަލް ސަރވިސް ޑިވިޜަންގެ ހުސްވެފައިވާ މަޤާމުތަކަށް 2021 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މުވައްޒަފުން ނެގުމަށް އިޢުލާންކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އަޙްމަދު ސަޢީދު     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

                                                                      

 

                                                                          ޢަލީ ނިޒާރު 

                                                                            މޭޔަރ

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

ޢަމަލު ކުރަންވީ:  އެޗް.އާރު.ސެކްޝަން  




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2021/022

ތާރީޚް: 3 ޖޫން 2021