އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ފޭދޫ ކިއުޕިޑް ކިޔާ ގޯއްޗާއި ސ.ފޭދޫ އިނގުރުމާގެ ކިޔާ ގޯތީގައި މީހުން ވަޅުލެވިފައިވާ މަހާނަތައް ކޮނެ ނަގައި ސާފުކުރުން.

30 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސ.ފޭދޫ ކިއުޕިޑް ކިޔާ ގޯއްޗާއި ސ.ފޭދޫ އިނގުރުމާގެ ކިޔާ ގޯތީގައި މީހުން ވަޅުލެވިފައިވާ މަހާނަތައް ކޮނެ ނަގައި ސާފުކުރުން.

މައްސަލަ ހުށަހެޅި ފަރާތް: އިބްރާހީމް ޖުނައިދު، ބްލޫބާރޑް/ ސ.ފޭދޫ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިނިސްޓްރީ އޮފް އިސްލާކް އެފެއާރޒްގެ ލަފައާއި މަޝްވަރާ ހޯއްދަވައި، އަވަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި، ކައުންސިލްގެ ދީނީ ކޮމިޓީއަށް އަށް ހުށަހަޅައިގެން އައްޑޫސިޓީގައި ހުރި މިފަދަ ބިންތަކުގެ މައްސަލަ އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.                                                                                                 

ތާއީދު ކުރެއްވި:  ކައުންސިލަރ ، އާމިނަތު ސަލްމާ       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، މުޙައްމަދު ފައިޞަލް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް

 

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

 

 

                                                                       ޢަލީ ނިޒާރު  

                                                                         މޭޔަރ

 

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

ޢަމަލު ކުރަންވީ: ސޯޝަލްސަރވިސް ސެކްޝަން،

ދީނީ ކޮމިޓީ     




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2021/032

ތާރީޚް: 30 ޖޫން 2021