އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު އޮފީހުގެ އެކްސްޓެންޝަން މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮތެއް ނިންންމުން

30 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ އަވަށު އޮފީހުގެ އެކްސްޓެންޝަން މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮތެއް ނިންންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، 2021ވަނަ އަހަރު ފާސްކުރެވިފައިވާ ކައުންސިލްގެ ބަޖެޓްގައި ހުޅުދޫ އަވަށު އޮފީހުގެ މަރާމާތު މަސައްކަތް ކުރުމަށް ކަނޑައެޅިފައި ހުރި 206,250.00ރުފިޔާ (ދެލައްކަ ހަހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އިން ހުޅުދޫ އަވަށު އޮފީހުގެ އެކްސްޓެންޝަން މަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައި އަދި މިމަސައްކަތަށް އިތުރަށް ބޭނުންވާ 90,638.00ރުފިޔާ (ނުވަދިހަހާސް ހަސަތޭކަ ތިރީސްއަށް ރުފިޔާ) ރިޒާވް ބަޖެޓްގެ ތެރެއިން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމޖެއްސުމަށާއި، ހުޅުދޫ އަވަށު އޮފީހުގެ އެކްސްޓެންޝަން މަސައްކަތް ކައުންސިލްގެ ޕްރޮޖެކްޓް ސެކްޝަނުގެ ބެލުމުގެ ދަށުން ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.                                                                                                 

ތާއީދު ކުރެއްވި:  ކައުންސިލަރ ، އާމިނަތު ޞާލިޙާ       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައޒުއްރަޙްމާން     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް

 

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

 

                                                                       ޢަލީ ނިޒާރު 

                                                                         މޭޔަރ

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

ޢަމަލު ކުރަންވީ: ޕްރޮޖެކް ސެކްޝަން،

ޕްލޭނިންގ ސެކްޝަން، ޕްރޮކިއުމެންޓް ސެކްޝަން، ހުޅުދޫ އަވަށު އޮފީސް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-B (4)/2021/033

ތާރީޚް: 30 ޖޫން 2021