އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ހުށަހަޅާ މައްސަލަ.

30 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 70 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2021/R-49 (ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދުގެ) ގެ 1 ވަނަ ބާބުގައިވާ ކަންކަމަށް ރިޢާޔަތްކޮށް، އައްޑޫ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަލީ ނިޒާރު 

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 70 ވަނަ މާއްދާއާއި، ޤަވާޢިދު ނަންބަރު 2021/R-49 ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމާބެހޭ ޤަވާއިދުގެ ގެ 1 ވަނަ ބާބުގައިވާ ކަންކަމަށް ރިޢާޔަތްކޮށް، އައްޑޫ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ޤާނޫނާއި ޤާވާޢިދާ އެއްގޮތްވާ ގޮތުގު މަތިން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށްޓަކައި ކައުންސިލުން ފާސްކުރަންޖެހޭ ޤަރާރު ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.                                                                                                 

ތާއީދު ކުރެއްވި:  ކައުންސިލަރ ، ޙުސައިން ޒަރީރު        

ހުށަހެޅުން ހުށަހެޅި:  މޭޔަރ، ޢަލީ ނިޒާރު        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް

 

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

                                                                       ޢަލީ ނިޒާރު 

                                                                         މޭޔަރ

 

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

ޢަމަލު ކުރަންވީ: ކައުންސިލް ބިއުރޯ،

          ޕްލޭނިންގ ސެކްޝަން




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-B (4)/2021/034

ތާރީޚް: 30 ޖޫން 2021