އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ކޮންމެ އަވަށެއްގައި "އަވަށި މަޝްވަރާ ކޮމިޓީ" ގެ ނަމުގައި ކޮމިޓީތައް އުފެއްދުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމުން

30 ޖޫން 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ކޮންމެ އަވަށެއްގައި "އަވަށި މަޝްވަރާ ކޮމިޓީ" ގެ ނަމުގައި ކޮމިޓީތައް އުފެއްދުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަލީ ނިޒާރު 

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިމައްސަލަ ކައުންސިލްގެ ޢާއްމު ކޮމިޓީއަށް ފޮނުވައި "އަވަށި މަޝްވަރާ ކޮމިޓީ" ގެ އުޞޫލު އަލުން އެކުލަވާލުމަށް ފަހު، ފެށޭ ހަފްތާގެ ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހެޅުމަށާއި، އަދި "އަވަށި މަޝްވަރާ ކޮމިޓީ" އެކުލަވާލުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޤަރާރު ފާސްކޮށް މި ކޮމިޓީ އެލުލަވާލުމުގެ މަސައްކަތް 30 ދުވަހުގެ ތެރޭގައި ކައުންސިލުން ކުރިއަށް ގެންގޮސް ނިންމުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.                                                                                                  

ތާއީދު ކުރެއްވި:  ކައުންސިލަރ ، ޙުސައިން ފައިޒުއްރަހްމާން        

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް

 

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

 

                                                                       ޢަލީ ނިޒާރު 

                                                                         މޭޔަރ

 

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

ޢަމަލު ކުރަންވީ:ކައުންސިލް ބިއުރޯ، ޢާއްމު ކޮމިޓީ

           ޕްލޭނިންގ ސެކްޝަން




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2021/035

ތާރީޚް: 30 ޖޫން 2021