އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި ކައުންސިލުން ގޮތެއް ނިންމުން

7 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް: ޢާއްމުކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ތިރީގައިވާ ކަންކަން ހައްލުކުރުމަށް ފެނަކަ ކޯޕަރޭ ޝަނަށް ހުށަހަޅައި، މައްސަލަތައް ހައްލުނުކުރެވޭ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

ފާހަގަކުރެވިފައިވާ ކަންކަން:

  1. ފެނަކަ ކޯޕަރޭޝަންގެ އައްޑޫސިޓީގެ އިންޖީނުގެތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ފަސޭހައިން އަބަދުވެސް ލިބޭނެކަން ފެނަކަ ކޯޕަރޭޝަނުން ހޯދުން.
  2. ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އެންމެހައި ވަޞީލަތްތައް، ހެލްމެޓް، ސޭފްޓީ ބޫޓު، އިއަރ ޕްރޮޓެކްޓަރ، އަންގި، އަލިފާން ނިއްވާފުޅި ފަދަ ތަކެތި ވަގުތުން ހޯދައި މުވައްޒަފުންގެ ސަލާމަތާއި ތައްކާތެރިކަން ކަށަވަރުކުރުން.
  3. ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އާބާދީ އަކީ އައްޑޫސިޓީ ކަމަށްވެފައި އައްޑޫސިޓީގެ ރައްޔިތުންގެ ބަހެއް ކުންފުނި ހިންގުންމުގައި އޮންނަންޖެހޭކަމަށް ފެންނާތީ ކުންފުނީގެ ބޯޑުގައި އައްޑޫސިޓީ ކައުންސިލްގެ ދައުރެއް ބާއްވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުން.
  4. ފެނަކަ ކޯޕަރޭޝަން އިން އައްޑޫގައި ފޯރުކޮށްދޭ ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތުން ނަގާ އަގު ކަނޑައެޅުމުގައި ހަމައެކަނި މިސިޓީގެ އާބާދީއާއި ފެނަކަ އައްޑޫ ބްރާންޗްގެ ހިންގުމުގެ ޚަރަދުތަކަށް ބަލައިގެން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ކަނޑައަޅާ އުޞޫލުގެ ތެރެއިން މިހާރު ނަގަމުންދާ ރޭޓްތައް ރިވައިޒްކޮށް އައްޑޫސިޓީ ކައުންސިލްގެ މަޝްވަރާއާއި އެކު މިހާރަށްވުރެ ހަރުދަނާ އުޞޫލެއްގެ ތެރެއިން އަގު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުން.
  5. ކަރަންޓް ޚިދުމަތަށް އެދޭ ފަރާތުން ލިބިގަތުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލު އިސްލާޙުކޮށް ޑިސްޓިބުޝަން ފޮށްޓާއި އެގެއަކާއި ދޭތެރޭގައިހުރި ދުރުމިނަށް ބަލައިގެން ނަގަމުންގެންދާ އަގުތައް ވަގުތުން ހުއްޓާލުމަށާއި ރައްޔިތުން އަސާސީ ޚިދުމަތްތަކަށް އެދުމުން ޙިދުމަތް ފޯރުކޮށްދެވެނީ ކަމަށް ބަލާނީ އެގޭގެ މީޓަރ ބޯޑާއި ހަމައަށް ކަރަންޓް ވިއުގައިގެ ގެ ކޮޅު ގެންދިއުމުން ކަމަށް ޤަބޫލުކުރާ ކަމަށާއި، އެގެއަކަށް ކަރަންޓް ގުޅައިދިނުމަށް ހުރިހާ ރައްޔިތުންގެ އަތުންވެސް ހަމަހަމަ ކަމާއި އިންސާފުވެރިކަމާއި އެކީ އަގު ނެގުމަށް ފެނަކަ އަށް އެނގުން.   
  6. ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ގޭބީސީތަކަށް ކަރަންޓް ފޯރުކޮށްދޭން ޖެހޭ މިންގަޑަށް، އެމިންވަރަ ކަރަންޓް ފޯރުކޮށްދިނުމަށާއި ރައްޔިތުންގެ އަތުން އިތުރަށް ނެގެމުންދާ ފައިސާ ނެގުން ހުއްޓާލުމަށް ފެނަކަ ކޯޕަރޭޝަން އަށް އެންގުން.
  7. އައްޑޫސިޓީގައި ފެނަކަ ކޯޕަރޭޝަން ދެމުންދާ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ކަމާއި ބެހޭ މުއައްސަސާތަކުން ހަދާފައިވާ ޤަވާއިދުތަކަށް ފުރިހަމައަށް ތަބާ ނުވާކަން ފާހަގަކުރެވޭތީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން އައްޑޫސިޓީގެ މިދެންނެވުނު އަސާސީ ޚިދުމަތްތަކުގެ އޮޑިޓެއް ހައްދަވައި ދެއްވުން އެދި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީ އަށް ދެންނެވުން.
  8. މުޅި އައްޑޫސިޓީގައި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަކޮށް ޚިދުމަތް ނުލިބި ތިބި ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ނަރުދަމާގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަންކުރުމަށް ފެނަކަ އަށް އެންގުން.
  9. ހިތަދޫގައި ޤާއިމުކޮށްފައިވާ ވެކިއުމް ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް އިތުރު ތަކުލީފު ނުޖައްސަވައި މި ސަރަހައްދުގެ ގޭބީސީތަކަށް އެ ޚިދުމަތް 02 މަސް ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަން އަށް އެންގުން.    

                                                                                   

ތާއީދު ކުރެއްވި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް

 

 

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

 

                                                                       ޢަލީ ނިޒާރު 

                                                                         މޭޔަރ

 

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

ޢަމަލު ކުރަންވީ: އިދާރީ ސެކްޝަން




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B (4)/2021/036

ތާރީޚް: 7 ޖުލައި 2021