އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އަވަށި މަޝްވަރާ ކޮމިޓީގެ އުޞޫލު ފާސްކުރުން

7 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ އަވަށި މަޝްވަރާ ކޮމިޓީގެ އުޞޫލު ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް: ޢާއްމުކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލްގެ އަވަށި މަޝްވަރާ ކޮމިޓީތަކުގެ އުޞޫލުގެ 05 ވަނަ މާއްދާގެ (ހ) "މި އުޞޫލުގެ ދަށުން އުފައްދާ ކޮންމެ އަވަށެއްގެ ކޮމިޓީގައި އެއަވަށަކަށް ނިސްބަތްވާ ކައުންސިލަރުންގެ އިތުރުން 08 މެމްބަރުންނާއި 15 މެމްބަރުންނާއި ދެމެދުގެ އޮނަހިރި އަދަދެއްގެ މެމްބަރުން ތިބެންވާނެއެވެ." މިގޮތުގެ މަތިން މި އުޞޫލުގެ 05 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށް އައްޑޫސިޓީ ކައުންސިލްގެ އަވަށި މަޝްވަރާ ކޮމިޓީގެ އުޞޫލު ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް

 

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

 

                                                                       ޢަލީ ނިޒާރު 

                                                                         މޭޔަރ

 

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

 

ޢަމަލު ކުރަންވީ: ޕްލޭނިންގ ސެކްޝަން

 




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/037

ތާރީޚް: 7 ޖުލައި 2021