އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެހިކަލްތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުން

7 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެހިކަލްތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުން

މައްސަލަ ހުށަހެޅި ފަރާތް: ބިޑް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެހިކަލްތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން މި މަސައްކަތަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތެއްކަމަށްވާތީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެހިކަލްތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

 

 

 ތާއީދު ކުރެއްވި:  ކައުންސިލަރ،  މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

 

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

 

                                                                       ޢަލީ ނިޒާރު 

                                                                         މޭޔަރ

 

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

 

ޢަމަލު ކުރަންވީ: ޕްރޮކިއުމަންޓް ސެކްޝަން

 




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/040

ތާރީޚް: 7 ޖުލައި 2021