އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސިޓީ ސްކެއަރ އަށް ބޭނުންވާ ދިދަ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

7 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސިޓީ ސްކެއަރ އަށް ބޭނުންވާ ދިދަ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މައްސަލަ ހުށަހެޅި ފަރާތް: ބިޑް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ސިޓީ ސްކެއަރ އަށް ބޭނުންވާ 05 ދިދަ ގަތުމަށް ސައުތު ބޭއި ޕްރައިވެޓް ލިމިޓެޑް އާއި އެކު ވެވިފައިވާ (AGR)426-AA/PRIV/2021/1 ނަންބަރ އެއްބަސްވުމުގެ 08 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، ސައުތު ބޭއި ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ބިލް ކައުންސިލްގެ 226008 ނަންބަރ ބަޖެޓް ކޯޑުން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

 ތާއީދު ކުރެއްވި:  ކައުންސިލަރ، ޚާލިދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާޙިމް ޝިނާޒު        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް

 

ވީމާ، މި ނިންމުމާއި ގުޅިގެން ކައުންސިލް އިދާރާގެ ވެރިން، ޑިވިޝަން، ސެކްޝަން، އަވަށުއޮފީސް އަދި ކޮމިޓީތަކުން މި ނިންމުން ތަންފީޒު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

 

 

                                                                       ޢަލީ ނިޒާރު 

                                                                         މޭޔަރ

 

ސޮއި:

ފޮނުވީ: މުޙައްމަދު ޙަލީމް،  ޑިރެކްޓަރ (އެކްޓިންގ ސެކްރެޓަރީ ޖެނަރަލް)

ޢަމަލު ކުރަންވީ: ޕްރޮކިއުމަންޓް ސެކްޝަން




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/041

ތާރީޚް: 7 ޖުލައި 2021