އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު އޮފީހުގައިވާ 03 ވެހިކަލް ބޭނުންނުކުރެވި ގިނަ ދުވަސްވެފައިވާތީ އެ ވެހިކަލްތައް ނީލަންކިއުމާއިމެދު ގޮތެއް ނިންމުމަށް

15 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ އަވަށު އޮފީހުގައިވާ 03 ވެހިކަލްތައް އެކި އެކި މައްސަލަތައް ދިމާވެގެން ބޭނުންނުކުރެވި ގިނަ ދުވަސްވެފައިވާތީ އެ ވެހިކަލްތައް ނީލަންކިއުމަށް ބޭނުންވާތީ ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހުޅުދޫ އަވަށު އޮފީހުގައިވާ 03 ވެހިކަލްތައް އެކި އެކި މައްސަލަތައް ދިމާވެގެން ބޭނުންނުކުރެވި ގިނަ ދުވަސްވެފައިވާތީ އެ ވެހިކަލްތައް ނީލަންކިއުމަށް ހުށަހަޅާފައިވާ ލިސްޓްގައިވާ ވެހިކަލް G3154 ނަންބަރ "ޕިކަޕް މިނީ ޓްރެކް" ސްޕެއަރޕާޓްސް ނެގުމަށް ބޭނުންކުރުމަށާއި، ލިސްޓްގައި ބާކީ ހުރި 02 ވެހިކަލް ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި މި ބާވަތުގެ ތަކެތި ނީލަންކިޔުމާއި ގުޅޭގޮތުން ބަޔާންކުރެވިފައިވާ އެންމެހާ އިޖުރާތްތައް ފުރިހަމަ ކުރުމަށްފަހު މި މަސައްކަތްކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

 ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހިމް ޝިނާޒު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސައިން ފައިޒުރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/048

ތާރީޚް: 15 ޖުލައި 2021