އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހިތަދޫގައިވާ 28 ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކަށްޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

15 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސަރުކާރުގެ ގެދޮރުވެރި ކަމުގެ ޕްރޮގްރާމްގެ ދަށުން ސ.ހިތަދޫގައި  ޢިމަރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ބާކީ ހުރި 28 ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކަށްޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: އުމްރާނީ ތަރައްޤީއާއި ބޯލިޔާވަހިކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސަރުކާރުގެ ގެދޮރުވެރި ކަމުގެ ޕްރޮގްރާމްގެ ދަށުން ސ.ހިތަދޫގައި  ޢިމަރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ބާކީ ހުރި 28 ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ހާލަތު ބެލުމުގައި ގިނަ މައްސަލަތައް ހުރިކަން ފާހަގަވާތީ އަލުން ހާލަތު ބެލުމަށް ފެންނަކަމަށާއި އެފަރާތްތަކުގެ ހާލަތު ބަލާއިރު އެވަށަކަށް ނިސްބަތްވާ މުވައްޒަފުން، އެވަށެއްގެ ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ހާލަތު ބަލައި، ރަސްމީ 30 ދުވަހުގެ ތެރޭގައި ފްލެޓް އިވެލުއޭޝަން ނިންމައި ސ.ހިތަދޫގައި  ޢިމަރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ބާކީ ހުރި 28 ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކަށްޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސައިން ޒަރީރު 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/049

ތާރީޚް: 15 ޖުލައި 2021