އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ފޮލިސް ސަރވިސް އަށް ސ.ފޭދޫ އިން ދޫކުރާގޮތަށް ހަމަޖެހިފައިވާ ބިމުގެ ރަޖިސްޓްރީ ހޯދުމަށް އެ އިދާރާއިން އެދިފައިވާ މައްސަލަ

15 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޯލްޑިވްސް ފޮލިސް ސަރވިސް އަށް ސ.ފޭދޫ އިން ދޫކުރާގޮތަށް ހަމަޖެހިފައިވާ ބިމުގެ ރަޖިސްޓްރީ ހޯދުމަށް އެ އިދާރާއިން އެދިފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ނިންމައި، މިހާރު މޯލްޑިވްސް ފޮލިސް ސަރވިސް އަށް ފޭދޫ އަވަށުން ދޫކުރާގޮތަށް ހަމަޖެހިފައިވާ ބިމުގެ ލޮކޭޝަން ބަދަލުކޮށް، ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގެ އެނެކްސް 1 ގެ 2.9.1 މާއްދާ އަށް ރިޢާޔަތްކޮށް މޯލްޑިވްސް ފޮލިސް ސަރވިސް އަށް 20،000 (ވިހިހާސް) އަކަ ފޫޓުގެ ބިން ދޫކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/050

ތާރީޚް: 15 ޖުލައި 2021