އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުލީ ބިންތަކުގެ އެއްބަސްވުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށްޓަކައި ހުށަހަޅާ މައްސަލަ

15 ޖުލައި 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނުދެއްކުމާއި، ބައެއް ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އާއި އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ ބިންތަކުގައި އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް މަސައްކަތް ކުރަމުން ނުގެންދާތި، ކުލީ ބިންތަކުގެ އެއްބަސްވުމާ ގުޅޭ މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އަހްމަދު ސަޢީދު

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނުދެއްކުމާއި، ބައެއް ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އާއި އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ ބިންތަކުގައި އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް މަސައްކަތް ކުރަމުން ނުގެންދާތި، ކުލީ ބިންތަކުގެ އެއްބަސްވުމާ ގުޅޭ މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ތިރީގައިވާ ކަންކަން ކުރިއަށްގެންދިއުމަށާއި 10 އޮގަސްޓް 2021 ގެ ކުރިން މިމަޢުލޫމާތުތައް ކައުންސިލާއި ހިއްސާކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

  1. އައްޑޫ ސިޓީގެ ކުލީ ބިންތަކުގެ ދާއިމީ ދަފްތަރެއް އެކުލަވާލައި، އެކަން ލޭންޑް ސެކްޝަނުން ދުވަހުން ދުވަހަށް މޮނިޓަރ ކުރަމުން ގެންދިއުމަށް. މި ދާއިމީ ދަފްތަރުގައި އައްޑޫގެ ހުރިހާ އަވަށަކުން ދޫކޮށްފައިވާ ބިންތަކުގެ މަޢުލޫމާތު އެގެން ހުންނަންވާނެއެވެ. މި މަޢުލޫމާތުތަކުގެ ތެރޭގައި ކުއްޔަށް ދޫކުރެވިފައިވާ ފަރާތާއި، ކުލީގެ މިންވަރާއި، ކުލި ދައްކަމުން ގެންދޭތޯ އާއި، ކުލީގެ އެއްބަސްވުން ނަންބަރާއި، އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚާއި، ކުއްޔަށް ދީފައިވާ ބިމުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދޭތޯ އާއި އެބިމުގައި ކޮށްފައިވާ މަސައްކަތުގެ ތަފްސީލް ފަދަ މަޢުލޫމާތު އެގެން ހުންނަންވާނެއެވެ.
  2. ކުލީ ބިންތަކުގެ އެއްބަސްވުންތަކާ ގުޅިގެން ކުއްޔަށް ހިފާފައިވާ ފަރާތުން އެއެއްބަސްވުމާއެއްގޮތަށް ޢަމަލުކުރަމުން ގެންދޭތޯ އަވަށު އޮފީސް މެދުވެރިކޮށް ގަވާއިދުން މޮނިޓަރ ކުރަމުން ގެންދިއުމަށް.
  3. ކުލި ނުދައްކާ ފަރާތްތަކުން، ކުލި ނުދައްކާނަމަ އެފަރާތްތަކަށް އޮންނަ އުސޫލުތަކާ އެއްގޮތަށް ނޯޓިސް ފޮނުވަމުން ގެންދިއުން.
  4. އެއްބަސްވުމުގެ މުއްދަތު  ހަމަވާން ކައިރިވެފައިވާ ބިންތަކުގެ އެއްބަސްވުންތައް ގަވާއިދާ އެއްބަސްވުމާ އެއްގޮތަށް އާކޮށް ކުލި ދައްކަމުން ގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް.
  5.   އެއްބަސްވުންތަކުގެ މުއްދަތު ހަމަވެ ގިނަ ދުވަސްތަކެއް ވެފައިވާ، އެހެންނަމަވެސް ކުރިން ހެދިފައިވާ އެއްބްސްވުމުގެ ދަށުން އެތަން މިހާރުވެސް ބޭނުންކުރަމުންގެންދާ ފަރާތްތަކާ ވާހަކަ ދައްކައި މިދިޔަ ދުވަސްތަކަށް ކުލި ނެގޭނެ ގޮތަކަށް ބަލައި، ގަވާއިދާ އެއްގޮތަށް އެއްބަސްވުން އެފަރާތްތަކާ ދެމެދު އެކުލަވާލުމަށް.
  6. މިނޫން ވެސް ކުލީ ބިންތަކާ ގުޅުން ހުރި އެހެން މައްސަލަތައް ހައްލުކުރުން

 ތާއީދު ކުރެއްވި: ކައުންސިލަރ ހުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/053

ތާރީޚް: 15 ޖުލައި 2021