|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ހިއުމަން ރައިޓްސް ކޮމިޝަނާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އައްޑޫސިޓީގެ ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާލަތު ދެނެގަތުމުގެގޮތުން ހަދަން ނިންމާފައިވާ އެސެސްމެންޓް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ އެހީތެރިކަން ހޯދުމަށް |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: އައްޑޫސިޓީގެ ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅާ ނުލުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަ ކުރެވޭތީ މިކަމާއިގުޅޭ ދިރާސާއެއް ހެދުމަކީ، އައްޑޫސިޓީގެ އިޖްތިމާޢީ ފޭރާން ހަރުދަނާކޮށް މިބާވަތުގެ ކަންކަމާއި ގުޅިގެން ކުރިމަތި ވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމާއި ގުޅުން ހުރި އިދާރާ ތަކުގެ ސަމާލުކަމަށް މައްސަލަ ހުށަހެޅުމަށް ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު ކަމެއްކަމުގައި ދެކޭތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ހަދަން ނިންމާފައިވާ އެސެސްމެންޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށާއި، މިޙަރަކާތް ކުރިއަށްގެންދިއުމަށް ބޭނުންވާ 31204.00ރުފިޔާ ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ މަސައްކަތާއި އެއާއި ގުޅުންހުރި ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

